ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހުމުގެ ހިދުމަތް ދެމުން އަންނަ ދަމަނަވެށި ބަންދުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކުޑަކުދިންނަށް ވެކްސިން ޖެހުމާއި ކިރުމުގެ ހިދުމަތް ދެމުން އަންނަ ދަމަނަވެށި، މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން އެތަނުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ދަމަނަވެށީގެ މުވައްޒަފަކު މައުލޫމާތު ދިން ގޮތުގައި، އެތަން ހުސްކުރުމަށް އަންގާފައިވަނީ އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށެވެ. މުވައްޒަފުންނަށް އަންގާފައިވަނީ ތިން ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށެވެ. އަދި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން މާފަންނު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ނުވަތަ އެހެން ޖީޕީ ކްލިނިކްތަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން މުވައްޒަފަކު ބުނީ،

”ދަމަނަވެއްޓަކީ ދުވާލަކަށް 150 އެއްހާ ކުޑަކުދިންނަށް ހިދުމަތްދޭ ތަނެއް“ ކަމަށެވެ.

ދަމަނަވެށި ބަންދުކުރުމުން ދެން މާލޭ ސަރަހައްދުގައި ކުޑަކުދިން ކިރުމާއި ވެކްސިންގެ ހިދުމަތް ދޭނެ ސަރުކާރުގެ ހަމައެކަނި ކްލިނިކަކަށް ވާނީ މާފަންނު އާބަން ހެލްތު ކެއާ ސެންޓަރެވެ.

ދަމަނަވެއްޓާ ހިލާފަށް މާފަންނު އާބަން ހެލްތު ކެއާ ސެންޓަރަކީ އެޕޮއިންޓްމެންޓް އުސޫލުން ދުވާލަކަށް އެންމެ 50 ކުދިންނަށް ހިދުމަތްދޭ ތަނަކަށް ވުމުން، ގިނަ އަދަދެއްގެ ކުދިންނަށް ހިދުމަތް ދިނުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މިހާރު މިއީ ހައްޖު މޫސުން ކަމަށްވެފައި، ހައްޖުވެރިންނަށް ވެކްސިން ދިނުމުގެ ހިދުމަތްވެސް ދަމަނަވެށިން ދެމުންދާތީ، އެ ހިދުމަތްތައްވެސް އެހެން ތަނަކަށް ބަދަލުކުރަން ޖެހޭނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަމަނަވެށި ބަންދުކުރަން ނިންމީ ހެންވޭރުގައި ގާއިމްކުރާ ޖީޕީ ކްލިނިކް އެތަނުގައި ހިންގުމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ދަމަނަވެއްޓާއި ތެލެސީމިއާ ސެންޓަރު އެއްކޮށްލުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: