ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގައި ހިނގާ ކަންކަމުގެ ހަބަރު މިހާރު ނޫސްވެރިންނަށް ކަވަރު ނުކުރެވޭ: ޞާލިޙް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތާއި ހަބަރުތައް ކަވަރުކުރުމުގެ ފުރުސަތު މިހާރު ނޫސްވެރިންނަށް ނުލިބޭ ކަމަށާއި، އެއީ އެކަން ހިނގައިގެންވާނެ ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ 2023 ވަނަ އަހަރު ރައްޔިތުން އައު ވެރިކަމެއް އިންތިޚާބު ކުރީ ކުރިއަށްވުރެ ރަނގަޅު ވެރިކަމެއް ބޭނުންވާތީ ކަމަށާއި، އެއީ ރައްޔިތުން އަބަދުވެސް ބަސް ބުނާ ގޮތް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނު ނަމަވެސް، މިއަދު ސަރުކާރަށް ދެ އަހަރާއި ބައި ވެފައިވާއިރު ގައުމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށާއި، ވެރިކަން މިހާރު ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެފައިވާ ކަމަށް ޞާލިޙް ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަސާސީ ހައްގުތައް މުޅިން ގެއްލި ހިނގައްޖެ. މިނިވަން ނޫސްވެރިކަމެއް ކުރާނެ ޖާގަ ގެއްލިއްޖެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް. އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތް. މަޖިލީހުގެ ބާރު ކަނޑުވާލައިފި. މިކަމާއި އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ވާނީ ޖަލަށް ލާފަ“، ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ މިހާރު ހައްޔަރުކޮށްފައި ތިބި ނޫސްވެރިންނާއި މުޒާހަރާތަކުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރަންޑަމްގައި ރައްޔިތުން ވަނީ މި ސަރުކާރާ މެދު ސާފު ޖަވާބެއް ދީފައި ކަމަށެވެ.

ނިންމަވާލައްވަމުން ޞާލިޙް ވިދާޅުވީ މިއީ ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައިވާ ސަރުކާރެއް ކަމަށާއި، އިތުރަށް ފުރުސަތު ދިން ވަރަކަށް ގައުމުގެ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށެވެ. ހާއްސަކޮށް ރައީސް އޮފީހުގައި ހިނގާ ކަންކަމުގެ މައުލޫމާތު ނޫސްވެރިންނަށް ނުލިބޭ ގޮތަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: