ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ތަމްރީނު ހަދާ ކުދިން ގޮވައިގެން އައި ލޯންޗެއް ފަޅައިގެން ގޮސް ދިޔަވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ ތަމްރީނުތައް ހަދާ ރަށް ކަމަށްވާ ޅ. މާފިލާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް ހުޅުމާލެއާ ދިމާލުން ފަޅައިގެން ގޮސް، އަޑިއަށް ދިޔަ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

ކަނޑުމަތީގައި ހިނގި މި ހާދިސާއާ ގުޅިގެން ކަނޑުވި ދަރިވަރުން ސަލާމަތްކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ މެރިން ޕޮލިސް ގުޅިގެން މިހާރު ދަނީ ކުއްލި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، މި ހާދިސާ ކުރިމަތިވީ ”ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2“ ގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ލޯންޗުތަކުގެ ތެރެއިން އެއް ލޯންޗަށެވެ. އެ އުޅަނދު ހުޅުމާލެއާ ހިސާބަށް ފޯރިތަނާހެން ފަޅައިގެން ގޮސް، ބާރަށް ދިޔަވާން ފެށިއެވެ. ލޯންޗު ސަލާމަތް ނުކުރެވި ހަލުވިކަމާއެކު އަޑިއަށް ދާން ފެށުމުން، އޭގެއިން ދަތުރުކުރި ހުރިހާ ކުދިން ވަނީ ވަގުތުން ކަނޑަށް ބާލާފައެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މާފިލާފުށިން މާލެއަށް ދަތުރުކުރި މި ލޯންޗު ފަޅައިގެން ގޮސްގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށާއި ފުލުހުންނަށް ލިބިފައިވަނީ މިއަދު (18 މެއި 2026) އިރުއޮއްސި 18:04 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ ކޭއީ އެންޑް ސްޕާ (ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް) ކައިރިންނެވެ. ރިޕޯޓު ލިބުމާއެކު ފުލުހުންގެ މެރިން ޕޮލިހުންގެ އުޅަނދުތައް ވެސް ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އުޅަނދުތަކުގެ އެހީތެރިކަމާއެކު މިހާރު ވަނީ ރައްކާތެރިކަމާއެކު މާލެއަށް ބާލާފައެވެ. އަދި ކަނޑުމަތީގައި ތިބި ބާކީ ތިބި ހުރިހާ ދަރިވަރުން އެ ސަރަހައްދަށް އެއްވި އެހެން ލޯންޗުތަކަށާއި ކޯސްޓްގާޑުގެ އުޅަނދުތަކަށް ނެގުމަށްފަހު، މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް ކުއްޖަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނު ކަމެއް އަދި ހާމައެއް ނުކުރެއެވެ. ސަލާމަތީ ބާރުތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: