ޗާންދަނީ މަގުގައި ހުންނަ ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނަގއި ކެފޭގައި މަސައްކަތް ކުރާ ބިދޭސީ ކަށްކާއެއް ފިހިއްޖެއެވެ.
މިއަދު ހެނދުނު 07:52 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި އެ ކެފޭގައި އަލިފާން ރޯވެފައިވަނީ ބަދިގެތެރެއަށް ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި ގޭސް އެކްސްޕްލޯޝަނެއްގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި ހާދިސާ އެމްއެންޑީއެފް އެފްއާރުއެސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

ބިގްމަން އެންޑް ކޯރ ކެފޭގައި ހިނގި މި ހާދިސާ އާ ގުޅިގެން އެ ކެފޭއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އަލިފާނުގެ ހާދިސާގައި ފިހުނު ކެފޭގެ ކަށްކާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

