ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑައުޖޫރަ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ކޮމެޓީން ކަނޑައަޅަނީ!

އިގްތިސާދީ ކޮމެޓީގެ ބައްދަލުވުން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖްއާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓާ މެދު މި މަހުގެ 11 ގެ ކުރިން ގޮތެއް ނިންމަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމައިފިއެވެ.

މި މަހުގެ 11 ގެ ކުރިން އެ ރިޕޯޓާ މެދު ގޮތެއް ނިންމަން ކޮމިޓީ އަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދުއެވެ. އެ ހުށަހެޅުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ތިއްބެވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު މެމްބަރުންނާއި ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް މުޣުނީ އެވެ.

ކޮމިޓީން އެ ރިޕޯޓާ މެދު ގޮތެއް ނިންމުމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެކަމާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު އިކޮނޮމިކް މިނިސްޓްރީން އަދި ހާމަކޮށްފައިނުވާއިރު މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: