ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެންގެން ވިސާ ރާއްޖެއިން ލިބޭނެ، އަނެއް އަމާޒަކަށް ޔޫރަޕްގެ ގައުމުތަކަށް ވިސާ ނުލާ ދަތުރު ކުރުން!

ޝެންގެން ވިސާ ރާއްޖެއިން ލިބޭނެ، އަނެއް އަމާޒަކަށް ޔޫރަޕްގެ ގައުމުތަކަށް ވިސާ ނުލާ ދަތުރު ކުރުން!
ޝެއާރކޮށްލާ ކަހަލަދޯ؟

ކައިރި މުސްތަގުބަލެއްގައި ވިސާ އާ ނުލާ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމުގެ އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ޖަރުމަން ޝެންގެން ވިސާ ދާއިމީކޮށް ނެގުމުގެ ހިދުމަތް ފެށުމުގެ ގޮތުން ”ޖާމަން ޝެންގން ވިސާ އެޕްލިކޭޝަން ސެންޓާރ“ އެއް ގާއިމް ކުރުމަށް ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މީގެ ކުރިން އަމަލު ކުރަމުންދިޔަ އުސޫލުގެ ދަށުން ގައުމުތަކަށް ދަތުރުކުރުމަށް ސީދާ ރާއްޖޭން ވިސާ ނަގަން ދާންޖެހެނީ އިންގިއާގެ ނިއު ދިއްލީއަށް ނުވަތަ ކޮލަމްބޯއަށެވެ. ޝާހިދު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. ޝާހިދު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިކަން ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީ ހިންގާ ވަގުތީ އިމާރާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް އާއި ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މީލާން ހޮވަރުކާ އެވެ.

https://twitter.com/abdulla_shahid/status/1234360448545214464

ޖަރުމަނުގެ އިތުރުން ޗެކް ރިޕަބްލިކް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި މިހާރުވަނީ ރަސްމީކޮށް ހުޅުވާފައެވެ. އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހިން މީގެ ކުރިން ވިސާ ނެގުމަށް ކުރަންޖެހޭ ހަރަދުތަކަށް ނިމުމެއް އައީ ކަމަށެވެ. މިއީ މި ސަރުކާރުގެ ހެޔޮ ބަދަލެއްގެ ގޮތުގައި ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުން ރާއްޖެ އަލުން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އަދި މި ތާރީހީ ފެށުމުގެ މަންފާ ދިވެހިންނަށް ވަރަށް ފުރިހަމަ ގޮތުގައި ކުރާނެ ކަމަށާއި، ވީއެފްއެސް ގްލޯބަލްއާއެކު ވިސާ ނެގުމުގެ ވަރަށް ޒަމާނީ އަދި ފުރިހަމަ ހިދުމަތެއް ލިބިގެންދާނެކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. އަދި ކުރިޔަށް އޮތް ތަނުގައި އުންމީދަކީ ރާއްޖޭގެ ރައްޔިތުން ދިވެހި ޕާސްޕޯޓު ހިފައިގެން ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކަށް ދިޔައީމާ، އޮން އެރައިވަލް ވިސާ ޖެހޭނެ ފުރުސަތު ހޯދައިދިނުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ ކޮންމެ އަހަރަކުވެސް އެތައް ލައްކަ ފަތުރުވެރިންނަކަށް މަރުޙަބާ ކިޔާ ޤައުމެއްކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ބޭއްވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހުންނަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ޒިޔާރަރްކުރާ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: