ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އަނެއްކާވެސް އިތުރު ފިޔަވަޅުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް ވާތީ، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ޗައިނާ އިން އުފަންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ނަން ދީފައިވާ ވައިރަސް ރާއްޖޭން އަދި ފެނިފައިނުވި ނަމަވެސް، ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އަޅަމުންދާ އެންމެހާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

އެޗްޕީއޭ އިން ބުނީ މިހާރުވެސް ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް، އޭގެ ދަށުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި މި ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭ ރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުމެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން އާއްމު ރޯގާތަކަށް ހާއްސަކުރެވިގެން އަވަސް ހިދުމަތާއެކު ފްލޫ ކްލިނިކެއް މި ހަފްތާތެރޭ ސެނަހިޔާ ހޮސްޕިޓަލުގައި ގާއިމުކުރެވިގެންދާނެއެވެ.

މީގެ އިތުރުން އެޗްޕީއޭ އާއި ޑިޒާސްޓާ ސެންޓަރު ގުޅިގެން ވައިރަހުން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

މިޑްރިލަކީ ގޭބީސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބޭއްވޭ ޑްރިލެއް ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ޑްރިލްގެ ތެރެއިން ގޭބީސީއެއްގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދެވިގެންދާނެ ކަމަށެވެ.

އެކި ގައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެކަމުން ސަލާމަތްވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ރާއްޖޭގައި އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއްވެސް ވަނީ ޤާއިމްކުރެވިފައެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އިމަޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ވަނީ ގާއިމް ކުރެވިފައެވެ.

ކޮވިޑް-19 މިހާތަނަށް 88،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރާއްޖެ އިން މިހާތަނަށް އެ ވައިރަސް ފެނިފައި ނުވިޔަސް، ރައްކާތެރިކަމުގެ ވަރަށް ގިނަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: