ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު ޖެޓްސްކީއެއްގައި ބޮޑުމޮހޮރާއަށް: ”ރައީސް މައުމޫން ނޫން“ އެންމެނަށް ޝުކުރު!

ޖާބިރު ޖެޓްސްކީއެއްގައި ބޮޑުމޮހޮރާއަށް- މި ސަރުކާރުން އިންސާފު ހޯދައިދީފި: ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ބޮޑުމޮހޮރާ ހަވާލު ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި އަދުލު އިންސާފާއި ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދީފައި ހުރި ގެއްލުންތައް އަލުން އިޔާދަ ކުރައްވާނެ ކަމަށް ވީ ވައުދުގެ އެއް ހެއްކެއްކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެެއެވެ.

ވަކި ގޮތެއް ނުނިމި ހަތް އަހަރު ފާއިތުވެފައި އޮތް ބޮޑު މޮހޮރާ ޖާބިރުއަށް އެންމެފަހުން ދީފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ދިގު އިންތިޒާރަކަށް ފަހު ލިބިވަޑައިގެންނެވި، ވ. ބޮޑުމޮހޮރާއާ ހަވާލުވުމަށް ޖެޓްސްކީއެއްގައި ދަތުރު ފައްޓަވައިފިއެވެ.

ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށް ވާ ބޮޑުމޮހޮރާ ޖާބިރުގެ ބޮޑު ހިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޖާބިރު ވިދާޅުވީ އެ ރަރައްގީ ކުރައްވާނީ ”ޖާބިރު ހެޕީ ކްލަބް“ ގެ ނަމުގައި ކަމަށެެވެ.

މެރިން ރިސާޗު ސެންޓަރުގެ ތަހުލީލުތަކަށް ހާއްސަކޮށްގެން އެތައް މަސައްކަތެއް ކުރިން ހިންގި ބޮޑުމޮހޮރާ ރިސޯޓަކަށް ތަރައްގީ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މަސައްކަތް ކުރި ނަމަވެސް ވެރިކަން ބަދަލުވެ މުހައްމަދު ވަހީދުގެ ސަރުކާރުގައި އެގްރިމެންޓަށް އަމަލު ކުރުން ހުއްޓާލިއެވެ. އަދި، އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުގެ އެންމެގުމާއި އެއްގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތްކޮށްފައި ނުވެއެވެ.

ރާއްޖޭގެ ފަތުުވެރިކަން އާ ހަރުފަތަކަށް ގެންދިއުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަން ޖާބިރު ވަނީ މިއަދު ފާހަގަކުރައްވާފައެވެ. އަދި އެ ރަށް ލިބުމުން ޖެޓްސްކީއެއްގައި ބޮޑުމޮހޮރާއަށް ދާން ނިންމެވިކަމަށް ޖާބިރު ވިދާޅުވިއެވެ. ރަސްމީކޮށް ބޮޑުމޮހޮރާ ކުންފުނީގެ ޗެއާމަންގެ ހައިސިއްޔަތުން، ޖެޓްސްކީގައި ބޮޑުމޮހޮރާއަށް ކުރާ ދަތުރުގައި ރަށް ތަރައްގީ ކުރާ ކުންފުންޏާއި، އަދި ރަށުގެ ކަންތަކާއި ހަވާލުވެތިބި އިސް ފަރާތްތަކާއި ބައްދަލުވެ މަޝްވަރާތައް ކުރައްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

”ސީދާ އަބްދުﷲ ޖާބިރު ދަތުރު ކުރައްވާނީ، އަޅުގަނޑަކީ ކެޕްޓަން ކަމުގެ ލައިސަންސް އޮންނަ މީހެއް، އަޅުގަނޑަކީ ކަނޑުމަތީގައި އުޅޭ މީހެެއް“ ޖާބިރު

ޖާބިރު ވަނީ ބޮޑުމޮހޮރާއަކީ ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ފުރިހަމަ އެއް ރަށެވެ. އެގޮތުން ރަށުގެ ބޮޑު ފަޅެއް އޮތްއިރު ރާއްޖޭގެ ހުރިހާ ގުދުރަތީ ރީތިކަމެއް އެ ރަށަށް ލިބިގެންވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ހެޕީ ކްލަބްގެ ނަމުގައި ހުޅުވާ އެ ރިސޯޓްގެ މަސައްކަތް ތިން ފޭސް އަކަށް ބަހާލުމަށްފަހު، ފުރަތަމަ ފޭސް ހަ މަސް ދުވަސް ތެރޭގައި ނިންމާލުމަކީ ޖާބިރުގެ އަމާޒެވެ. އެގޮތުން ފުރަތަމަ ފޭސްގައި 100 އެނދު ހިމެނޭއިރު އޭގެ ތެރޭގައި މޫދުގައި އަޅާ ކޮޓަރިތަކާއި ވިލާތައް ހިމެނެއެވެ.

https://twitter.com/drpmaldives/status/1234780383612301312

ޖާބިރު ވަނީ، އޭނާގެ އިންވެސްޓްމެންޓުގެ ދަށުން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި އެގޮތުން ދޮންވެލި އާއި ރޮބިންސަން ކްލަބް ފުނަމައުއްޑޫ، އަދި ކުޑަ ރަށް ފަދަ ރިސޯޓްތަކާއި އަލިދޫ އާއި ވަޓަވަށްރެހާ، މަތިވެރި ހޮޓާ، މަތިވެރި ފިނޮޅު ހިމެނޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ސަރުކާރުގެ އިސް ފަރާތްތަކަށް ޝުކުރު ވެސް ދަންނަވާފައެވެ. އެގޮތުން، އިކޮނޮމިކް ފައްޔާޒް އިސްމާއިލް އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ. އަދި ވިދާޅުވީ ކޯލިޝަންގެ ހުރިހާ ލީޑަރުންނަށް ވެސް ”ރައީސް މައުމޫން ނުހިމނޭ ގޮތަށް“ ޝުކުރު ދަންނަވާ ކަމަށެވެ.

ޝުކުރު ލިސްޓުގައި ރައީސް މައުމޫން ނުހިމެނުއްވީ އެއީ ޝުކުރު ހައްގު ނުވާތީ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މައުމޫން އަކީ ”ދަރަނިއަށް ޒިންމާ ނުވާ، ދޮގު ހަދާ“ ބޭފުޅެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: