ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއި ދެކޮޅު ޖަމިއްޔާއަކަށް ރާއްޖޭގައި މަސައްކަތެއް ނުކުރެވޭނެ: ރައީސް ނަޝީދު

އިސްލާމްދީނާއި ދެކޮޅު ޖަމިއްޔާއަކަށް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް: ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކިއުލިއަމް ތިންކް ޓޭންކް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕެއްގައި އިސްލާމް ދީނާ ދެކޮޅު ވާހަކަތަކެއް ދެއްކި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި އެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން އިތުރު ބައެއް ރަށްތަކުގައި ވެސް ވޯކްޝޮޕްތަކެއް ބޭއްވިކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމް ދީނާ ހިލާފު ވޯކްޝޮޕްތަކެއް ހިންގި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ވެސް ހުށަހެޅިއެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ބޭރުކޮލެއްވީއެވެ.

އިނގިރޭސިވިލާތުގައި ހަރަކާތްތެެރިވާ ޖަމްެއިއްޔާާއެއްކަމުގައިވާ ކިއުލިއަމް ފައުންޑޭޝަނުން ހިންގިކަމަށް ބުނާ ވޯކްޝޮޕްގެ މައްސަލަ ބަލަން ފަށާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވެސް ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ، ސަރުކާރަށް އިދިކޮޅުގެ މެމްބަރުން ފާޑުކިޔުން އަމާޒު ކުރަން ފެށުމުން ސަރުކާރު ހިއްސާވާ މައިޕާޓީ އެމްޑީޕީން ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ މިފަހަކަށްއައިސް، މުޖުތަމަޢުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖްތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ޙާޞިލުކުރުމަށްޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދަައްކަމުން ގެންދާާކަމަށެވެ.

އެގޮތުން އޭގެ ތެރެއިން މައުޟޫޢަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި، އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

https://twitter.com/MohamedNasheed/status/1234891646392602625

އެމްޑީޕީން ނެރުނު ބަޔާނާއި، އަދި މައްސަލަ އެޖެންޑާ ނުކުރި މައްސަލަ ބޮޑުވެފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ އެހީތެރިކަމާއެކު އެ ފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ މެމްބަރު އަދި ކުރީގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ދައްކަވާ ވާހަކަތަކަކީ ނަފްރަތާއި ފިތުނަވެރިކަން އުފައްދަވާ ވާހަކަތަކެއް ކަމަށެވެ. އަދި އިސްލާމް ދިނާ ދެކޮޅު އެއްވެސް ޖަމއިްޔާއެއް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: