ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާ މައްސަލަ ރިވިއުކުރަން ހެށަހެޅުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދައުލަތަށް ދީފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ މައްސަލަ ރިވިއުކުރަން ހުށަހެޅުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފިއެވެ. 

ބަންޑާރަ ނާއިބުގެ އޮފީހުން  ބުނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވާތީވެ އެ މައްސަލަ ބަލައިގަތުމަށް އެކޯޓުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިިދިޔަ ޖެނުއަރީ މަހުގެ 28ވަނަ ދުވަހުއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.

ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ދެ ފަހަރެއްގެ މަތިން ހާޒިރުކުރިއެވެ. ފުރަތަމަ ހާޒިރު ކުރި ފަހަރު އެމަނިކުފާނު ވަނީ މައްސަލަ ރިވިއު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އޭރުގެ ބެންޗު އޮއްވާ އިންސާފުވެރި ހުކުމެއް އެކަމުގައި އަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ކޯޓުގެ ބެންޗު ބަދަލު ކުރުމަށް އެމަނިކުފާނު އެދިލެއްވިއެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމުންވެސް ސުޕްރީމް ކޯޓަށް ދީބާޖާ މައްސަލަ ރިވިއު ކުރަން ހުށަހަޅާފައެއް ނުވެއެވެ. އަދި އެކަން އެގޮތުގައި އޮއްވާ ރައީސް ސޯލިހު ނިންމެވީ 174 މިލިއަން ދީބާޖާއަށް ދިނުމަށެވެ.

އެ މައްސަލާގައި ދެވަނަ ފަހަރަށް މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު ހާޒިރު ކުރެއްވިއެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ނުކުރީ އެއަށް އިތުރު ބަދަލެއް ސުޕްރީމް ކޯޓުން އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: