ޗުއްޓީ ހޭދަކުރުމަށްފަހު، ރާއްޖެއިން ޗިލީއަށްދިޔަ ފަތުރުވެރިޔަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަތީ، ޗިލީގެ ކަމާއިބެހޭ އިދާރާތަކާއިގުޅިގެން، އެކަން ބަލަމުންދާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ.
އެން.ޑީ.އެމްއިން، މިއަދުކުރި ޓުވީޓެއްގައިވަނީ، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިޔަކު ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްފައިވާކަމަށް ދައުރުވަމުންދާ ރިިޕޯޓުތައް، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
https://twitter.com/NDMAmv/status/1235139579197313024?s=20
މި ގޮތުން، އެ ފަތުރުވެރިޔާގެ މަޢުލޫމާތާއި، އޭނާކުރި ދަތުރުތަކުގެ ތަފުޞީލުހޯދާ ”ކްރޮސްޗެކް“ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެން.ޑީ.އެމްއިން ބުނެފައިވެއެވެ. މި ފަތުރުވެރިޔާއަކީ ޗިލީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާކަމުގައި، ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސް އެޖެންސީން ހާމަކޮށްފައިވެއެވެ.
ތެއްތިރީސް އަހަރުގެ މި ފިރިހެންމީހާއަށް ފަރުވާދެމުންދާ ޓަލްކާ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި، މަހެއްހައި ދުވަހުގެތެރޭގައި ސިންގަޕޫރަށާއި މެލޭޝިޔާއަށް، އިންޑޮނޭޝިޔާ ސްޕެއިންނަށް އަދި ދިވެހިރާއްޖެއަށް ދަތުރުކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، ކޮރޯނާވައިރަސް ރާއްޖޭގައި ނޫޅޭކަމަށް ދިވެހި ސަރުކާރުންދަނީ ބުނަމުންނެވެ.

