ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު މިނިމަމް ވޭޖް ތަންފީޒް ކުރުން ރަނގަޅެއް ނޫން: ޚާލިދާ

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބޭއްވި ބައްދަލުވުމުގައި ޚާލިދާ ވާހަކަ ދައްކަވަނީ – ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވަގުތަކީ މިނިމަމް ވޭޖް ތަންފީޒް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން މަރިޔަމް ޚާލިދާ ވިދާޅުވެއްޖެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ޚާލިދާ ވިދާޅުވީ، ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ފަށައިގަތް އިރު، ދުނިޔެއަށް ކޮރޯނާވައިރަހުގެ ބިރުވެރިކަމެއް ނެތް ކަމަށެވެ.

ޚާލިދާ ވިދާޅުވި ގޮތުގައި މިނިވަން ވޭޖެއް ކަނޑައެޅި ނަމަވެސް މި ވަގުތު އެކަން ތަންފީޒް ކުރަން ރަނގަޅެއް ނޫނެވެ.

ޚާލިދާ ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށެވެ. އެ މަސައްކަތް ނިންމާ އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ.

”ބޯޑުގެ ޑިސިޝަންތައް ނެގިފައި އޮންނާނީ ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރުމުގެ ކުރިން. ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދަށް މިކަމުން އަސަރު ކުރާނެ. މި ގައުމަށް މާބޮޑަށް އަސަރު ކުރާނެ. އަޅުގަނޑު ވަރަށް އެދެން ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިނިމަމް ވޭޖެއް އިމްޕްލިމެންޓް ކުރައްވާ އިރު މި ކަންތަކަށް ރިޔާއަތް ކުރެއްވުން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން މިނިމަމް ވޭޖެއް ކަނޑައަޅާކަށް“ ޚާލިދާ ވިދާޅުވި އެވެ.

މީގެ އިތުރުން ޚާލިދާ ވިދާޅުވީ ދިރިއުޅުމުގެ ދަތިކަމާއި އަސާސީ ހިދުމަތްތަކުގެ އަގު ބޮޑު ކަމާއި މާލޭގައި ދިރިއުޅުމުގެ ޚަރަދު ބޮޑުކަމުގެ ވާހަކަތައް ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުންތަކުން ފާހަގަ ކުރެވުނު ކަމަށެވެ. އަދި  އަތޮޅު ތެރޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ނަމަވެސް އެހެނިހެން ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރާކަން އެނގިގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.

ވަޒީފާ ދޭ ފަރާތްތަކުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދިވެހިން ވަޒީފާތަކުގައި ގެންގުޅެން ދަތިކަމާއި ދިވެހިން މަސައްކަތް ކުރުމުގައި ފަރުވާ ކުޑަކުރުން ހިމެނެ އެވެ. އަދި މިނިމަމް ވޭޖެއް ކަނޑައެޅުމަށްޓަކައި ޑޭޓާ ލިބުމުގައި ދިމާވި މައްސަލަތަކަކީ ވަރަށް ބޮޑު ދައްޗެއް ކަމަށް ޚާލިދާ ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: