ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަބްލިޔުޑީސީ މެމްބަރުންގެ މުސާރައަަށް ބޮޑު ބަދަލެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (ޑަބްލިއުޑީސީ) ނުވަތަ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސް، މުސާރަތައް ބޮޑުކުރުމަށް ނިންމައިފިއެވެ.

މިއީ އަންހެނުންގެ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، މެންބަރުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.

މި ގެނެވުނު ބަދަލާ އެކު، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންގެ މުސާރަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ސިޓީތަކުގެ ރައީސާއިންނަށް ދެން މުސާރައިގެ ގޮތުގައި 41,000 ރުފިޔާ ލިބޭނެއެވެ. މީގެ ކުރިން ސިޓީތަކުގެ ރައީސާއިންނަށް ލިބެމުން އައީ 7,000 ރުފިޔާ ކަމަށްވާއިރު، މިއީ 34,000 ރުފިޔާގެ ބޮޑުވުމެކެވެ.

ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންގެ މުސާރައަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ކުރިން 6,000 ރުފިޔާ ލިބެމުން އައި ރަށްރަށުގެ ރައީސާއިންނަށް މި ބަދަލާ އެކު 21,000 ރުފިޔާ ލިބޭނެއެވެ. މިއީ 15,000 ރުފިޔާގެ އިތުރުވުމެކެވެ.

ކޮމިޓީތަކުގެ އެހެނިހެން މަގާމުތަކަށް ބަލާއިރު، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ނައިބުންނަށް 7,000 ރުފިޔާ އަދި ރަށްރަށުގެ ނައިބުންނަށް 6,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، ސިޓީތަކުގެ ކޮމިޓީ މެންބަރުންނަށް މުސާރައިގެ ގޮތުގައި ޖުމުލަ 6,000 ރުފިޔާ ލިބޭއިރު، ރަށްރަށުގެ މެންބަރުންނަށް ލިބޭނީ 5,000 ރުފިޔާއެވެ.

މި ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ފުޅާކޮށް، އެ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: