ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓިކް ހަމައިން ބޭރުން ސަރުކާރު ބަދަލުކުރަން އުޅުމުގެ މާނައެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓިކް އުސޫލެއްގެ ތެރެއިން އުފެދުނު ސަރުކާރެއް، އެ ނިޒާމުގެ ބޭރުން ބަދަލުކުރަން އުޅުމުގެ މާނައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ ދައްކާ އަދި ޑިމޮކްރަސީގެ ޗެމްޕިއަނުންގެ ގޮތުގައި ވާހަކަ ދައްކަވާ ފަރާތްތަކުން އަމަލާ ބަހާ ދިމާވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. ޑިމޮކްރެޓިކް އުސޫލެއްގެ ތެރެއިން ސަރުކާރެއް އުފެދިގެން އައިސް މަސައްކަތް ކުރަމުން ދާއިރު ޑިމޮކްރެޓިކް ހަމައިން ބޭރުން އެ ސަރުކާރެއް ބަދަލުކުރަން މަސައްކަތް ކުރުމާއި ގައުމުގައި އޮތް ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމުގެ މާނައެއް އޮއްތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ އެންމެންގެ މައްޗަށް އެއް ހަމައަކުން ގާނޫނު ހިންގުމަށް މަސައްކަތް ކުރައްވަމުން ވަޑައިގަންނަވާއިރު، ގައުމުގެ ހަމަޖެހުން ގާއިމްކުރުމުގެ ޒިންމާއެއް އޮންނަ ކަމަށެވެ. ރައީސް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ކުރުމުގެ އޮތް ކަމަށެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް އޮތް ހުދޫދު އެޕްލައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މުސްލިމަކަށް ވީތީ އޮންނަ ހުދޫދު އޮންނާނެ. އެހެންމީހުންގެ އަބުރު ކަތިލުމަކީ މީޙުންގެ ހައްގުތަކަށް އަރައިގަތުމަކީ އިސްލާމް ދީނުގައި މަނާކަމެއް އަދި ގާނޫނުއަސާސީގައިވެސް ހުއްދަ ކަމެއް ނޫން. އެ އިމާއި މިންގަނޑުގެ ތެރޭގައި ކޮންމެ މީހެއްވެސް ސިޔާސީ މަސައްކަތް ކުރަންވީއޭ. އޭގެން ބޭރުން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ފިތުނަ އުފެދޭގޮތަށް ގައުމު ހަލަބޮލިކޮށް ގައުމުގައި އޮތް ޑިމޮކްރެޓިކް ނިޒާމު ފުނޑާލެވޭކަހަލަ މަސައްކަތްތައް ކުރުމަކީ ހައްގެއް ކަމުގައި ދެކުނަސް އަޅުގަނޑު ދެކޭ ގޮތުގައި އެއީ ޒިންމާދާރު ގޮތެއް ނޫން“

ރައީސް ވިދާޅުވީ ގައުމު ހަލަބޮލިކޮށް ފިތުނަ އުފެއްދުމަކީ ފަހަރުގައި ތިމާއަށް ލިބިގެންވާ ހައްގަކަށް ވެދާނެ ކަމަށާއި އެހެންނަމަވެސް އެއީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގައި ވެރިކަންކޮށް، ބޮޑެތި މަގާމުތައް އަދާކުރައްވާފައިވާ ފަރާތްތަކުގެ އެއަށްވުރެ ބޮޑު ޒިންމާއެއް އޮންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ވެރިންކުރާ ކަންކަމާއި ދައްކާ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހެއް ތަފާތު ކުރުމެއް ނެތި އެމަނިކުފާނުގެ ޒިންމާ އަދާކުރައްވަނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ގާނޫނުއަސާސީ ތަންފީޒު ކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: