ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯ މެދުވެރިކޮށް ވިއްކި މީހާގެ މައްޗަށް ދައުވާކޮށްފި

ފޮޓޯ : ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) ގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހު އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އަދްލާންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ އެނގިހުރެ ކޮމްޕިއުޓާ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓާ ޑޭޓާ ސްޓޯރޭޖެއް ނުވަތަ މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ.

މީގެ ތެރެއިން ފުރަތަމަ ދައުވާ ސާބިތުވެއްޖެނަމަ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ދެވަނަ ދައުވާ ސާބިތުވެއްޖެނަމަ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންކަމުން، ދެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ތިން އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި އަދްލާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ. މި ތަހުގީގުގައި އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނެއެވެ.

އަދްލާންގެ ބަންދަށް ފުރަތަމަ 15 ދުވަސް، އަދި ފަހުން އިތުރު 12 ދުވަސް ދިނުމަށްފަހު، މިހާރު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފެށުމުގެ މަރުހަލާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: