ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ މެންބަރުން އަމިއްލަ ގޮތުން ވާދަކުރުން ބަލައެއް ނުގަނެވޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިމަރީއިން ފެއިލްވުމުން ބަލި ޤަބޫލު ނުކޮށް އަމިއްލަ ގޮތުން ވާދަކުރުމަކީ އެމްޑީޕީއިން ޤަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ދޮރުން ދޮރަށް ހަރަކާތްތައް ފެށުމަށް ބޭއްވި ހަރަކާތުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކޮންމެ މެމްބަރަކަށް ވެސް ޑިމޮކްރަސީގެ އުސޫލުން އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކޮންމެ މެންބަރަކަށްވެސް އެފުރުސަތު ލިބޭއިރު ޕްރައިމަރީއިން ފެއިލްވުމުން ބަލި ޤަބޫލު ނުކޮށް އަމިއްލަ ގޮތުން ވާދަކުރުމަކީ އެމްޑީޕީއިން ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީން ބަލިވާ އެމްޑީޕީގެ މެމްބަރުން އަމިއްލަ ގޮތުން އިންތިޚާބުތަކުގައި ވާދަކުރުމަކީ އެމްޑީޕީގެ މަސްލަހަތު ގެއްލޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މެމްބަރުން އެމްޑީޕީން ވަކިކުރަން ނިންމީ އެހެންވެގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ނަމުގައި އެމްޑީޕީގެ ޕްރައިމަރީއިން ހޮވޭ ފަރާތާއި ދެކޮޅަށް ކެމްޕެއިން ކުރުމަކީ އެމްޑީޕީން ޑިމޮކްރަސީގެ އުސޫލުން ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޕްރިމަރީން ބަލިވުމުން އެމްޑީޕީއާ ދެކޮޅަށް ނުކުމެ ވާދަކުރާ ފަރާތްތަކަށް އެމަނިކުފާނުގެ ތާއީދެއް ނޯންނާނެއެވެ.

އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީ މެންބަރުން ޕާޓީން ވަކި ކުރަން ވަނީ ނިންމާފައެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކައުންސިލް އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކައުންސިލް އިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އެއިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: