ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލްގެ މެޖޯރިޓީ ނުލިބެއްޖެނަމަ ކަންކަން ބޮއްސުން ލައިގެންދާނެ: މުޢިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނުލިބެއްޖެނަމަ ކަންކަން އިތުރަށް ބޮއްސުން ލައިގެން ދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކު ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ނާސިރުގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު މިރޭ ވިދާޅުވީ، ވެރިކަން ކުރާ އެމްޑީޕީއަށް ހުރިހާ ބާރެއް ލިބިފައި އޮތް އިރު ވެސް މާލޭގެ ހާލަތު ރަނގަޅު ކުރަން ކުރެވުނު އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގެ ތަންތަން ތަރައްގީކޮށް މާލެ ހިތްފަސޭހަ ތަނަކަށް ހަދައިދޭން ފެށިކަން ރައްޔިތުންނަށް ދައްކާފައިވާ ކަމަށާއި އެ މަސައްކަތް އެ ސަރުކާރުން ކުރަމުން ދިޔައީ ވެސް ކުޑަ ހަރަދަކާ އެކުގައި ކަމަށެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު ތަރައްޤީކޮށް ބަލަހައްޓަމުން އައި ތަންތަން، މިހާރު ރަނގަޅަށް ނުބެލެހެއްޓި ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

”މިހާރު މި ތިބި މީހުނަށް ކަންކަން ތަންފީޒު ކުރެވޭނެ ހުރިހާ ބާރެއް އެބަ އޮތް، ސަރުކާރު އެބަ އޮތް، މަޖިލިސް އެބަ އޮތް، ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އެބަ އޮތް، އެކަމަކު ކުރެވުނު ކަމެއް ނެތް، ދެން މި ބުނަނީ އަންނަ އިންތިހާބުގައި ސިޓީ ކައުންސިލް ދޭށޭ، ކައުންސިލް މެޖޯރިޓީ އޮވެގެންނޭ ކަންކަން ކުރެވެން އޮތީ، މިއީ މިއަދު ރައްޔިތުން ގަބޫލު ކުރާނެ ވާހަކަތަކެއް ނޫން“ މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާލޭގެ ތަރައްގީއަށްޓަކައި ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ހޯދުމަށް ކުރާ މަސައްކަތުގައި ސިޔާސީ ޕާޓީތަކުގެ ފިކުރު އެއްފަރާތްކޮށް ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ވޯޓު ހޯދަން އެމްޑީޕީގެ މެންބަރުން ކައިރިއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ފަހަރުގެ އިންތިހާބަށް ނުކުންނަނީ ޕާޓީ ފިކުރަށްވުރެ ބޮޑަށް، ގައުމީ ފިކުރުގައި، ގައުމީ މަސައްކަތެއް ކުރުމަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމްޑީޕީ އަތުގައި ނެތީ ކައުންސިލްތަކުގެ ފުރިހަމަ ބާރު އެކަނި ކަމަށާއި ކައުންސިލްތަކުގެ އެ ބާރު ވެސް އެމްޑީޕީއަށް ލިބިއްޖެނަމަ މިހާރު ކަންކަން ދާ ގޮތަށް ބަލާއިރު އިތުރަށް ކަންކަން ބޮއްސުން ލައިގެން ދާނެ ކަމަށެވެ. ދުވަހަކު ވެސް އިއާދަ ނުކުރެވޭ ހިސާބަށް އެ ކަން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: