ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީން މީހުން ރާއްޖެއައުން މަނާކުރަން ނިންމައިފި

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އެއް ޤައުމުކަމަށްވާ އިޓަލީން މީހުން ރާއްޖެއައުން އަންނަ އާދިއްތަ ދުވަހުން ފެށިގެން މަނާކުރަން ސަރުކާރުން ނިންމަވައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ އިޓަލީން މީހުން ރާއްޖެއައުން މަނާކުރަން ސަރުކާރުން ނިންމީ ދިވެހިރާއްޖެއަށް ކޮރޯނާ ވައިރަސް އަތުވެދާނެކަމުގެ ބިރު އޮތް މިންވަރު ބެއްލެވުމަށްފަހުގައިކަމަށެވެ.

މީގެ އިތުރުން ޢަލީ ވަހީދު ވިދާޅުވީ، އެހެން ޤައުމަކުން ވެސް މި ވައިރަސް އަތުވެދާނެކަމުގެ ބިރުއޮތްކަމަށްވާނަމަ، އެ ޤައުމަކުން ވެސް މީހުން ރާއްޖެއައުން މަނާކުރާނެކަމަށެވެ. އަދި އަޅުގަނޑުމެންނަށް އެންމެ މުހިއްމުވާނީ ރައްޔިތުންގެ ޢާންމު ޞިއްޙަތުކަމުގައެވެ.

އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދު ކުރުމަށް ނިންމާފައިވާއިރު ކޮރޯނާ ވައިރަހާ ގުޅިގެން އެ ގައުމުން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިޓަލީން މީހުންއައުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މީގެކުރިންވަނި ޗައިނާއާއި، އީރާނާއި، ދެކުނު ކޮރެޔާގެ ދެ ސަރަޙައްދަކުން ރާއްޖެއަށް މީހުންއައުން މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: