ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ހުށައަޅައިފައިވާ ހުރިހާ އާރުޓީއައިތަކަށް ވާނީ ޖަވާބުދީފައި: މުންދު

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިސްތިސްނާ ކަނޑައަޅައިފައިވާ ދާއިރާތައް ފިޔަވައި، ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބު ދީފައި ވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ މުންދު ވިދާޅުވީ ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކަށްވެސް މި ގޮތަށް މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވައި، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަންވެސް، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން ރައީސް ބޭނުންފުޅުވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުން ސައްތައިން ސައްތައަށް އިޖާބަދެއްވުމަށް ކަމަށް ކަމަށެވެ.

މުންދު ވަނީ މެދުއިރުމައްޗާއި ގަލްފުގެ ހަނގުރާމައިން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭ އިތުރު މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ހުރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ނުކުރެވޭ މައްސަލައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނޭ މުދަލުގެ ދަތިކަމަށް ތައްޔާރުވުމުގެ ގޮތުން، ޔޫ.އޭ.އީ އިން ރާއްޖެއަށް މުދާ އެތެރެކުރާ މަގުތަކަށް ގެނެވިފައިވާ ބަދަލުތަކަށް އަލިއަޅުވާލައފައިވެއެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ އަޅައިބަލާއިރު ހީނަރުވެފައިވަނީ 16 އިންސައްތައިން ކަމަށާއި، މިއީ ހަނގުރާމަ ފެށުނިއިރު މަސްއޫލުވެރި އިދާރާތަކުން އަންދާޒާ ކުރި ހިސާބަށް ވުރެ ކުޑަ މިންވަރެއްކަން ވަނީ ފާހަގަކޮށްފައެވެ.

ހޫނު މޫސުމުގެ ޗުއްޓީއާ ގުޅިގެން، ފަތުރުވެރިކަމަށް އަންނަ ބަދަލަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެ އާއި ރާއްޖެ އަށް ފަތުރުވެރިން އަންނަ މާކެޓްތަކާ ދެމެދު އުދުހުންތައް އިތުރުކުރުމަށް، އޮޕަރޭޓަރުން ގާތު އެދިވަޑައިގަންނަވާފައިވާކަމަށްވެސް މުންދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: