ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ އަދަދު ނޫޙުގެ ދެ ނޫސްވެރިން ކަމަށްވާ، އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި އަދި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
ލީވާން އާއި ޝަހްޒާން ޖަލަށްލުމުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއިރު، ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން ލީވާން މިހާރު ވަނީ މިނިވަން ވެފައެވެ. އޭނާއަށް ދިނީ 10 ދުވަހުގެ މުއްދަތަކަށް ވާއިރު، ޝަހުޒާންއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެހެންކަމުން ޝަހުޒާން އަދި ޖަލުން ދޫވުމަށް ބާކީ 5 ދުވަސް އެބަ އޮތެވެ.
ހައިކޯޓުން މި މައްސަލަ ބައިލެގެން ނަމަވެސް މި މައްސަލަ އަދި ކޯޓުގައި ތާވަލެއް ނުކުރެއެވެ. މި މައްސަލައަކީ މިއީ އެ ނޫހުން ހެދި ޑޮކިއުމެންޓްރީ އަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ކުރީ ސީރިއަސް ތުހުމަތުތަކަކާއި ގުޅިގެން ހިނގި މައްސަލައެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަކިގޮތަކަށް އަމުރުކޮށްފައި ވަނިކޮށް ރައީސް އޮފީހުގައި ޝަހުޒާން ވަނީ ސުވާލެއް ކޮށްފައެވެ.
އެ ސުވާލަކީ އެއީ ކޯޓުގެ ގެގް އޯޑަރާއި ހިލާފު ކަމެއް ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. އަދި އެކަމާއި ގުޅިގެން ހަބަރެއް ލިޔުމާއިގުޅިގެންވެސް ކޯޓުން ވަނީ އެކަން ގެގް އޯޑަރާއި ހިލާފުކަމަށް ނިންމާ ލީވާން އަދި ޝަހުޒާން ޖަލަށް ލާފައެވެ.

