ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި އިލެކްޝަންގައިވެސް އެމްޑީޕީން އުޅެނީ އަމިއްލަ މަންފާ ކުރިއަށް ނެރިގެން: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބައި އިލެކްޝަންގައިވެސް އެމްޑީޕީން މަސައްކަތް ކުރަމުންދަނީ އަމިއްލަ މަންފާ ކުރިއަށް ނެރިގެން ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ސައީދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ 2008 އިން ފެށިގެން 2011 އަށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުން ހޮވި ކަމަށާއި، އޭނާއަކީ އައްޑޫ ސިޓީގައި އުފެދުނު ފުރަތަމަ މޭޔަރު ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ދެވަނަ ފުރުސަތެއް ރައްޔިތުން އޭނާއަށް ދީފައިނުވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީއަކީ ރައްޔިތުން ވަރަށް ބޮޑު އުންމީދަކާއެކު އެމްޑީޕީއަށް ފުރުސަތު ދިން ސިޓީއެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ދެ ސަރުކާރުވެސް އުފެދިގެން އައީ އައްޑޫ ސިޓީގެ ބޮޑު މެޖޯރިޓީއަކާއެކު ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީގެ ދެ ވެރިކަން ނިމިގެން ދިޔައިރުވެސް އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީއަށް އެއްވެސް ދާއިރާއަކުން ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އޭނާއަކީ އެމްޑީޕީގެ އެތެރެއިންވެސް ނޫނެކޭ ބުނެފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުން އޭނާ ނާކާމިޔާބުވިކަން ޝިޔާމް ހަނދާންކޮށްދެއްވިއެވެ.

 ”އޭރުގެ ސަރުކާރުން ރައީސް ސޯލިހްގެ ސަރުކާރުގައި ސޯބެއަށް ސިޔާސީ ވަޒީފާއެއް ދިން. އަޅުގަނޑަށް ޔަގީން އައްޑޫ ސިޓީގެ ތާރީހުގައިވެސް އެންމެ ބޮޑު މަގާމު އަބްދުﷲ ސޯދިގަށް ދިނީ. އެއީ އޭރުގެ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން.“

އައްޑޫ ސިޓީގެ ގިނަ ކަންކަމަކީ އުމްރާނީ ތަރައްގީއާ ގުޅިފައިވާ ކަންކަން ކަމުގައި ވީނަމަވެސް، އެމްޑީޕީގެ ސަރުކާރުތަކުން އެކަންކަމަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: