ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ރައްދު އަބްދުއްރަހީމަށް: އިތުބާރުނެތްކަމަށް ސޮއި ހަމަކުރީމަ ޖެހޭނީ ވޯޓަށް އަހަން!

ކުރީގެ ރައީސް ނަޝީދު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ސޮއި ހަމަކުރުމުން ޖެހޭނީ ވޯޓަށް އަހަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާން އިންތިހާބަށް ”ބޮޑު ބަދަލު“ގެ ނަމުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ނައިބުރައީސް ކަމުން ނާޒިމް ވަކިކުރަން އުޅެނީ ނާޒިމާއިއެކު 23 މެމްބަރުން ”ފްލޯ ކްރޮސް“ ކުރަން އުޅޭތީ ކަމަށް ވިދާޅުވެފައެވެ. އަދި އެ މެމްބަރުން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސޮއިކޮށް މަޖިލީހަށް ވައްދާނެ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އަބްދުއްރަހީމް ވަނީ ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދަށް ރައްދު ދެއްވާފައެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ އިދިކޮޅުން ދެކޭ ”ނަނާ ހުވަފެނެއް“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި، އެކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މި ކަމަށް ރައްދުދެއްވައި ނަޝީދު ވަނީ އެކްސްގައި ޕޯސްޓުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ އަބްދއްރަހީމް އެހެން ވިދާޅުވި ނަމަވެސް ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް މައްސަލަ ވެއްދުމުން ޖެހޭނީ ވޯޓަށް އަހަން ކަމަށާއި އެއީ ގާނޫނުއަސާސީގެ އެންމެ ބޮޑު ހަމަ ކަމަށެވެ.

މީގެއިތުރަށް ރައީސް ނަޝީދު ވިދާޅުވީ އަލިފުށި ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުއްރަހްމާނާއި ނާޒިމާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުމަކީ، މަގުބޫލުކަން ގެއްލިފައިވާ ރައީސް ޑރ. މުއިއްޒު ދިފާއު ކުރެއްވުމަށް ނަގާލާނެ އެއްޗެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީގެ މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށައެޅި ގަރާރުގައި 30 ވަނަ މެމްބަރަކަށް ސޮއިކޮށްފައިވަނީ އަލިފުށި ދާއިރާގެ މެމްބަރެވެ.

ރައީސުލްޖުމްހޫރިއްޔާއެއް އަޒުލުކުރާނަމަ އެކަން ކުރެވޭނެ ގޮތްތައް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އަދި މަޖިލީހުގެ ގަވައިދުގައިވެސް އެކަން ވަނީ ބަޔާންކޮށްފައެވެ. މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ގަރާރެއް ހުށައަޅާނަމަ މަދުވެގެން ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއިއެކު ސަބަބު ބަޔާންކޮސް ހުށައަޅަން ޖެހޭނެ ކަމަށް 100 ވަނަ މާއްދާގެ (ށ)ގައި ވަނީ ބަޔާންކޮށްފައެވެ. އެއީ 92 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ސޮއެވެ.

މީގެއިތުރަށް އެ ގަރާރު ހުށައެޅުމާއިއެކު މަޖިލީހުން އަދާކުރަން ޖެހޭ ޒިންމާ ފުރިހަމަ ވުމަށްފަހު އެ ގަރާރު ފާސްވާނީ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޢުލަބިއްޔަތުންނެވެ. އެއީ 92 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: