ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ބޮޑު ޖަލްސާ ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ދީނާއި ޤައުމުގެ ދިފާޢުގައި“ މާޗް 13 ވަނަ ހުކުރުދުވަހު ޖުމްހޫރީ ޕާޓީން، އަލިމަސް ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާ އެ ދުވަހު ނުބާއްވާގޮތަށް ފަސްކޮށްފިއެވެ.

ޖޭޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައިވަނީ، ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ދިވެހީންނަށް ފޯރާފާނެކަމުގެ ބިރުވެރިކަން ނުހަނު ބޮޑުވެފައިވާކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިން ލޯންޗުކުރުމަށް ބާއްވަން އުޅުނު ޖަލްސާ ފަސްކުރީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ގައިން ކޮރޯނާ ވައިރަހުގެ ޢަލާމާތްތަށްފެނުމުން ކަމަށެވެ. ހަމަ އެހެންމެ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އެނބުރު ޤައުމަށްދިޔަ ފަތުރުވެރިޔަކަށް މި ވައިރަސް ޖެހިފައިވާތީކަމުގައެވެ.

ޖޭޕީން ބުނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ، އެދެވިގެންވާ ކަމެއްކަމުގައި އެ ޕާޓީން ނުދެކޭކަމަށެވެ. މީގެ އިތުރުން، ހާލަތުގެ މައްޗަށް ރިޢާޔަތްކޮށް އެ ޕާޓީން ބުނީ ”ބޮޑު އެއްވުމަކުން“ ލިބިދާނެ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް، މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާއި، ސަލާމަތަށް އިސްކަންދިނުމަކީ، ދިވެހި އަފްރާދުންގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ހަދަންޖެހިފައިވަކަމަށެވެ.

ޖޭޕީން އިތުރަށް ބުނި ގޮތުގައި، ކަންމިހެން ހުރުމާއެކު، އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ނިންމަވާފައިވާކަމަށާއި، ޤައުމު މި އޮތް ހާލަތުން، މިއަށްވުރެ ރަނގަޅު ހާލަތަކަށް ރުޖޫޢަވުމުން، ޖަލްސާ ބާއްވާނެކަމަށެވެ.

ޖޭޕީގެ ޖަލްސާ ފަސްކޮށްފައިވާއިރު، ޕީޕީއެމް-ޕީއެންސީން ވެސް ވަނީ، އެ ކޯލިޝަނުން އަތޮޅުތެރޭގައި ކުރިއަށްގެންދާ ކެމްޕޭން ޖަލްސާތައް ވެސް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް، އެމްޑީޕީން އަންނަނީ، ކެމްޕޭން ހަރަކާތްތަށް ފުޅާކުރަމުންނެވެ. މި ގޮތުން، އެ ޕާޓީންވަނީ، މިއަދު ވިލިމާލޭގައި ބޮޑު ކޮންފަރެންސެއް ވެސް ބާއްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: