ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އޮޑި އެންމެ ރަނގަޅަށް އެނގޭނީ ރައީސް ނަޝީދަށް، ޕާޓީއަށް ބޭނުންވާ މާލިމީއަކީ އެއީ: ޒާޔާ

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒާޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އޮޑި މިއަދު އޮތް ހާލަތުން ސަލާމަތްކޮށް، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެ ޕާޓީގެ ހުންގާނު ހަވާލުކުރަން އެންމެ ގާބިލް ބޭފުޅަކީ ކުރީގެ ރައީސް މުހައްއްމަދު ނަޝީދުކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒާޔާ ވިދާޅުވެއްޖެއެވެ.

ޒާޔާ މިހެން ވިދާޅުވީ، ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް އެންމެ ގާބިލު ބޭފުޅަކީ ރައީސް ނަޝީދުކަން ފާހަގަކުރައްވައި ޒާޔާ ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ލޮތްބާއި ތާއީދު އެންމެ ބޮޑަށް އޮތް ސިޔާސީ ލީޑަރު ކަމަށެވެ. ޒާޔާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ނަން އިވުމުން ވެސް ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުމާއި، އުފާވެރިކަން އުފެދިގެން ދެއެވެ.

އެގޮތުން 2008 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު، ވަޑައިގެން ވާހަކަދައްކަވައި ހެއްދެވި ކުޑަކުދިން މިއަދު ބޮޑުވެ ވޯޓުލާ އުމުރަށް އައިސްފައިވާއިރު، އެ ކުދިން އެމަނިކުފާނާ އެކު ނަގާފައިވާ ފޮޓޯތައް ރައްކާކޮށްފައި ހުރި މަންޒަރު ފެންނަމުންދާކަމަށް ޒާޔާ ވިދާޅުވިއެވެ.

ޒާޔާ ވިދާޅުވީ މިއަދު ދިވެހިން މި ތަހައްމަލުކުރާ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގު ހޯދައިދިނުމަށްޓަކައި ރައީސް ނަޝީދުގެ ޒުވާން އުމުރުގެ ބޮޑުބައެއް ހޭދަކުރެއްވީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށެވެ. އަދި އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވައި، އެ ޕާޓީގެ ފުރަތަމަ ޗެއަޕާސަންގެ އިތުރުން ޕާޓީގެ ރައީސްކަން ވެސް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

އެމްޑީޕީ އޮޑިއަށް ޖަހާފައި ހުރި ކޮންމެ މޮހޮރަކާއި، ކޮންމެ އިސްކޫރެއް އަދި ކޮންމެ ކަބީލާއެއްގެ ލެވެލް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށް.

މީގެއިތުރުން ޒާޔާ ވިދާޅުވީ، ރާއްޖެ މިހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކުރިމަތިކުރަމުންދާ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި މޮޅު މާލިމީއެއް ބޭނުންވާ ކަމަށެވެ. އަދި އެމްޑީޕީގެ ތާއީދު 2008 ގައި 25 އިންސައްތައިގައި އޮއްވައި، 2023 އާ ހަމައަށް އައިއިރު އެ އަދަދު 58 އިންސައްތައަށް އިތުރުކޮށްދިނުމުގެ އަސްލު މީހަކީ ވެސް ރައީސް ނަޝީދުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: