ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަސް އާއި ގުޅިގެން ކެމްޕެއިން އެއްވުންތައް ނުބޭއްވުމަށް އަލްހާންގެ އިސްނެންގެވުމެއް!

ވައިރަސް އާއި ގުޅިގެން ކެމްޕެއިން އެއްވުންތައް ނުބޭއްވުމަށް އަލްހާންގެ އިސްނެންގެވުމެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކު މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ބަޔަކު ރާއްޖޭގައި ކަރަންޓީން ކުރެވިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މާލޭ ސިޓީގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިނަށް އެއްވުންތައް ނުބޭއްވުމަސް ނިންމައިފިއެވެ.

ރޯނާގެ އަލާމާތްތަކާއި އެކު، ބައެއް މީހުން ވަނީ ކަރަންޓީނު ކުރެވިފައެވެ. އެގޮތުން، ވ. ތިނަދޫއިން ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީން ކުރި މީހާ ހިމެނެއެވެ. އެމީހާގެ ޓެސްޓުތައް ނެގެޓިވްކަމަށް ދެއްކިނަމަވެސް، ބަލީގެ އަލާމާތްތައް ވަރުގަދަކަމަށް ދައްކާތީވެ 24 ގަޑިިއިރަށްފަހު އިތުރު ޓެސްޓެއް ހެދުމަށް ނިންމާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި އެ ދެ ރިސޯޓްގެ ވެސް ޑޮކްޓަރުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އޭގެ އިތުރުން ސަމާ އައިލެންޑްގައި ތިބި ދެ ފްރާންސްގެ ޓޫރިސްޓަކު ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ މީހުންނާއި އެކު، ރިސޯޓުގެ ސްޓާފުންތަކެއް ވެސް ވަނީ އައިސޮލޭޓު ކުރެވިފައެވެ.

މިކަމާއި ގުޅިގެން އަލްހާން މިއަދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވައި މިހާރު ކުރިޔަށްގެންދާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން އެއްވުންތައް ނުބޭއްވުމަށް ނިންމާފައި ވަނީ ކޮރޯނާ ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ. ކެމްޕެއިނުގެ އެއްވެސް އެއްވުމެއް ނުބޭއްވުމަށް އަލްހާން ނިންމެވިިއިރު ބައެއް ސިޔާސީ ޕާޓީތަކުން ނިންމާފައިވަނީ ކެމްޕެއިން ބޮޑު ޖަލްސާ ނުބޭއްވުމާއި، ދަތުރުތައް ކެންސަލް ކުރުމަށެވެ.

އަލްހާންގެ ކެމްޕެއިން ކުރިޔަށް ގެންދާނީ ކެމްޕެއިން އޮފީހުގައެވެ. އަދި އެ ހަރަކާތްތައް މީޑިއާތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދެވޭނެއެވެ.

އަލްހާނަކީ، ވައިރަސްއާއި ގުޅިގެން މިފަދަ އެއްވުންތައް ނުބޭއްވުމަށް އިސްނެންގެވި ފުރަތަމަ ކެނޑިޑޭޓެވެ.

ރާއްޖެއަށް ކޮރޯނާގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގައި ޗުއްޓި ހޭދަކޮށްފައި ދިޔަ އިޓަލީއަށް ނިސްބަތްވާ މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ކަމާއި އިދާރާތްތަކުން އަންނަނީ ބަލާ ފިޔަވަޅު އަޅަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: