ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީގެ އިތުރު ފަތުރުވެރިޔަކު ކަރަންޓީނަށް، ބަތަލާ ރިސޯޓް ލޮކްޑައުންކޮށްފި

ފަތުރުވެރިޔާ ރޯނާއަށް ޝައްކުވެގެން ބަތަލާ ރިސޯޓް މިހާރުވަނީ ލޮކްޑައުންކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީގެ ފަތުރުވެރިއެއް ކޮރޯނާއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން އޭނާ އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ވައިރަސްއަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެޗްޕީއޭއިން އެ މީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

ވައިރަސްއާއި ގުޅިގެން އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ފެނިފައި ވަނީ، އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީވިލާތުގެ ޓޫރިސްޓެއްގެ ގައިން ކަމަށެވެ. އަދި އެ މީހާ މިހާރު، އެކަހެރިކޮށް ބައްޔަށް ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި  އެ ރިސޯޓަށް މީހުން އަރައި ފޭބުން މިވަގުތަށް މަނާކޮށް، އެ ޓޫރިސްޓާ މުއާމަލާތްކޮށްފައިވާ މީހުން ހޯދުމަށް، ކޮންޓްކެޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. 

https://twitter.com/HPA_MV/status/1236390117163466752

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: