ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހާ ގުޅިގެން އެމްޕީއެލްގެ ޚިދުމަތައް ބަދަލުތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

އަޟްހާ އީދު ދުވަހާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ދިނުމުގައި ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޕީއެލް އިން ނެރުނު އިއުލާނުގައި ވާގޮތުން، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހާއި، އަޟްހާ އީދު ދުވަހާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލުން ދެމުންގެންދާ ހިދުމަތްތައް، ޙައްޖު ދުވަހާއި އީދު ދުވަހު ވަގުތީ ގޮތުން މެދުކަނޑައިލާނެއެވެ.

އެ ކުންފުނީގެ ހިދުމަތްތައް ދެން ފޯރުކޮށްދޭން ފަށަނީ 28 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30 އިން ފެށިގެން ކަމަށް އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ.

އެމްޕީއެލް އިން ވަނީ، ޙައްޖު ދުވަހާއި އަޟްހާ އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ތިޔަ އެންމެހާ ފަރާތްތަކަށް އަރިސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: