ކަނބަލުންނަށް ގިރާކުރަންޖެހިފައިވާ ހުރަސްތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލައި، ހަމަހަމަކަމުގެ ދުނިޔެއެއް ޤާއިމުކުރަން، މަސައްކަތްކުރަންޖެހޭކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ކަނބަލުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިންސާނުންގެ ޙަޔާތް ކުރިއެރުމަށްޓަކައި، އަންހެނުންގެ ޢަދަދު ނުގެނޭވަރުގެ ހިއްސާއެއްވާކަމަށެވެ.
https://twitter.com/ibusolih/status/1236459459603353601?s=20
ރައީސް ޞާލިޙުގެ ދައުރު ފެށުނުފަހުން ކަނބަލުންގެ ކުރިމަގަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެތެރޭގައި، އެ މަނިކުފާނުގެ ކެބިނެޓަށް އަންހެން ހަތް މިނިސްޓަރުން ޢައްޔަންކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ ތެއްތިރީސް ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރާ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެންނެވުން ހިމެނެއެވެ.

