ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

60 ދުވަހުގެތެރޭގައި ޖަވާބެއްނުލިބިއްޖެނަމަ، އެކައުންޓުތަކުގައިވާ ފައިސާ އެމްއެމްއޭއާއި ހަވާލުކުރާނަން: އެމްއައިބީ

ޝެއާރކޮށްލާ ކަހަލަދޯ؟

60 ދުވަހުގެތެރޭގައި ޖަވަބެއް ނުލިބިއްޖެނަމަ ޑޯމެންޓް އެކައުންޓުތަކުގައިވާ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ހަވާލުކުރާނެކަމަށް، މޯލްޑިވްސް އިސްލާމިކް ބޭންކުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން ބޭނުން ނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އެކައުންޓު ތަކުގެ މަޢުލޫމާތު ހާމަކޮށްފައިވާއިރު، އެ ބޭންކުން ބުނީ ރާއްޖޭގެ ބޭންކިންގ ގަވާއިދުގައިވާ އުސޫލުގެ މަތިން، ވިދިވިދިގެން ފަސްއަހަރަށްވުރެ ގިނަދުވަހު އެއްވެސް މުޢާމަލާތެއް ނުކޮށް ހުންނަ އެކައުންޓުތަކަކީ، ޑޯމެންޓް އެކައުންޓުތަކެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި ގޮތުން، އެ ބޭންކުން ވަނީ މިފަދަ 235 ޑޯމެންޓް އެކައުންޓެއްގެ މަޢުލޫމާތު އާންމުކޮށްފައެވެ.

އެ ބޭންކުން ހާމަކޮށްފައިވަނީ، ޑޯމެންޓް އެކައުންޓުތަކުގައި ގޮތުގައި ކަނޑައަޅާފައިވާ 235 ކަސްޓަމަރުންނަށް ލިޔުން ފޮނުވާނެކަމަށާއި، 60 ދުވަހުގެތެރޭގައި އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ އެ އެކައުންޓުތަކުގައިވާ ފައިސާ މަރުކަޒީ ބޭންކް، އެމްއެމްއޭއާއި ހަވާލުކުރާނެކަމަށެވެ.

މީގެ އިތުރުން، އެމްއައިބީން ހާމަކޮށްފައިވަނީ، އެކައުންޓު އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުން، އެ ކަމަށް އެދޭ ފޯމު ފުރުމަށްފަހު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗަކަށް ހުށަހެޅުމަށާއި، ޑޯމެންޓް އެކައުންޓުތަކުގައިވާ ފައިސާ ނަގަން ބޭނުންވަ ފަރާތްތަކުން، ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވާފައި، އެ ބޭންކްގެ ބްރާންޗަކަށް ހުށަހެޅުމުން ފައިސާ ލިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: