ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދިޔަ މަހު އެންމެ ގިނަމީހުން ޖަލަށްލެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި: ކަރެކްޝަނަލް ސާވިސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް. ފޮޓޯ: އެޑިޝަން.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވި ފެބުރުއަރީ މަހުގައި، އެންމެ ގިނައިން ޙުކުމްކޮށްގެން މީހުން ޖަލަށްލެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައިކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފިއެވެ.

މި ގޮތުން، ހުސްވި ފެބުރުއަރީމަހުގައި،ގައިދީންގެ ގޮތުގައި ޖުމްލަ 68 މީހުން، ކަރެކްޝަންސްގެ ޖަލުތަކަށް ގެންދެވިފައިވާކަމަށް، އެ އިދާރަގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ފަސްދޮޅަސް އަށް މިހުންގެތެރެއިން، 52 މީހުންނަކީ، ޖަލުގައި ޙުކުމް ތަންފީޒުކުރަމުންއައި މީހުންކަމަށާއި، ބާކީ ތިބި 16 މިހުންނަކީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ގެންގޮސްފައިވާ މީހުންކަމަށް، އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ގޮތުން އެ އިދާރާގެ ތަފަސް ހިސާބުތަކަށް ބަލައިލާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި 59.6 ޕަސެންޓު މީހުންނަށާއި، ވައްކަމާއި ފޭރުމުގައި
15.4 ޕަސެންޓް މީހުންނަށް ޙުކުމްކޮށްފައިވެއެވެ.

ހަތިޔާރު ގެންގުޅުން ނުވަތަ މާރާމަރީގައި 7.7 ޕަސެންޓް މީހުންނަށް ޙުކުމްކޮށްފައިވާއިރު، ވަނުން މަނާ ތަންތަނަށް ވަނުން ނުވަތަ ޓްރެސްޕާސިންގައި 5.8 ޕަސެންޓް މީހުންނަށް ޙުކުމްކޮށްފައިވެއެވެ.

މީގެ އިތުރުން، ދަރިންނަށް ޚަރަދު ނުކޮށްގެން 3.8 ޕަސެންޓް މިހުންނަށާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި 1.9 ޕަސެންޓް މީހުންނަށާއި، މަރުގެ މައްސަލަތަކުގައި، 1.9 މީހުންނަށް ޙުކުމްކޮށްފައިވެއެވެ.

ހަމަ އެހެންމެ، ބަންދު ފިލުމާއިގުޅޭ މައްސަލަތަކުގައި 1.9 ޕަސެންޓު މީހުންނަށާއި، ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގައި ވެސް 1.9 ޕަސެންޓް މީހުންނަށް ޙުކުމްކޮށްފައިވާކަމަށް އެ އިދަރަގެ ތަފަސް ހިސާބުތަކުން ހާމަވެއެވެ.

މަސްތުވަތަކެތީގެ މައްސަލަތަކަކީ މި އަހަރުގެ މިހާތަނަށް، މޯލްޑިވްސް ޕޮލިސް ސާވިސްއަށް، ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކެވެ. މި ގޮތުން، މަސްތުވާތަކެތީގެ 293 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު މި އަހަރުގެ މިހާތަނަށް، ވައްކަމުގެ 824 މައްސަލައަކާއި، ޓުރެފިކް އެކްސިޑެންޓާއި ގުޅުންހުރި 391 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: