ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ހިމަބިހި ޖެހިފައިވާ އިތުރު ދެމީހުން، ޖުމްލަ 9 ކޭސް!

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ހިމަބިހީގެ 9 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 9 ވޭދަނައެއް ރިޕޯޓްކޮށްފައިވާއިރު، މިވަގުތު 5 ވޭދަނައިގެ ތަހުގީގު އަންނަނީ ކުރަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު މި ކޭސްތަކުގެ 128 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނޭއިރު، ފާއިތުވި މޭއި މަހުގެ ތެރޭގައި އެކަނިވެސް މާލޭ ސަރަހައްދުން 6 މީހުން މި ބައްޔަށް ފައްސިވެގެން ރިޕޯޓްކޮށްފައިވެއެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.

އެޗްޕީއޭއިން އިލްތިމާސްކުރަނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ. އަދި ފަރުވާ ހޯދަންދާއިރު މާސްކު އަޅައިގެން ތިބުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް ވަނީ އަންގާފައެވެ.

މީސަލްސް ނުވަތަ ހިމަބިއްސަކީ އިންތިހާއަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ބައިނަލްއަގުވާމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރު ގިނަ ޤައުމުތަކެއްގައި މި ބަލި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމަށާއި، ބަލީގެ އަލާމާތްތަކަށް ސަމާލުވެ، ބަލި ފެތުރުން ހުއްޓުވުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤައުމެކެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް މި ބަލި ޖެހިފައިވާ ބަޔަކު ރާއްޖެއިން ފެނިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: