ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ޖަލަށް ލި ނޫސްވެރިޔާ ޝަހުޒާން މިނިވަންވެއްޖެ

ހުޅުމާލޭގައި ހުންނަ ކަރެކްޝަންސްގެ މަރުކަޒުން ޝަހުޒާން މިނިވަންވުމުން، އޭނާގެ އާއިލާއިން އޭނާއަށް މަރުހަބާ ކިޔަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

”އަދަދު“ ނޫހުން އުފެއްދި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި 15 ދުވަހަށް ޖަލަށްލީ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހުކުމް ތަންފީޒުކޮށް ނިންމުމަށްފަހު މިއަދު މިނިވަންވެއްޖެއެވެ.

ޝަހުޒާން ޖަލަށް ލާފައިވަނީ މާޗް 28 ވަނަ ދުވަހު ނެރުނު ޑޮކިއުމެންޓަރީއެއްގައި ރައީސް މުއިއްޒަށް ކުރި ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. އެ ޑޮކިއުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް ކުރި އެ ސުވާލަކީ ކޯޓުގެ އަމުރާ ހިލާފުވެ، ހުރުމަތް ކެނޑުން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މިދިޔަ މޭ މަހުގެ 11 ވަނަ ދުވަހު ޝަހުޒާން ޖަލަށްލުމަށް ހުކުމްކުރީ ސިއްރު އަޑުއެހުމެއްގައެވެ. މި އަޑުއެހުމުގައި އޭނާއަށް ގާނޫނީ ގޮތުން ދިފާއުވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް އަދަދު ނޫހުން ވަނީ ބުނެފައެވެ. އަދި ވަކީލަކު އައްޔަނު ކުރުމަށް ދީފައިވަނީ އެންމެ ދެ ގަޑިއިރެވެ. ޖަލު ހުކުމުގެ އިތުރުން ޝަހުޒާން ވަނީ 26,800 ރުފިޔާ އިން ޖޫރިމަނާވެސް ކޮށްފައެވެ.

ޝަހުޒާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރަށްވެސް ވަނީ މި މައްސަލައިގައި އަދަބު ދީފައެވެ. ލީވާން 10 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް މިދިޔަ ހުކުރު ދުވަހު މިނިވަންވެފައިވާއިރު، އޭނާ 25,800 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. ލީވާންގެ މައްޗަށް ހުކުމް ކުރީ ކޯޓު އަމުރާ ގުޅޭ ހަބަރެއް ލިޔުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: