ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަސްވީ މީހުނާއި ކުޑަކުދިން ޖަމާއަތުގައި ނަމާދަށް ނުދިއުމަށް އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ނުދިޔުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުން އައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީނު ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާއްމުން އެއްވެ އުޅޭ ޖަމާއަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިފަދަ ކަންކަމަކީ އިސްލާމްދީނުގައި މި މަގަށް ބާރުއަޅާފައިވާ ކަންކަން ކަމަށާއި، އެގޮތުން ފިޔާ ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީވެ އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިޔުން މަނާކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެން ކަމަށްވާނަމަ ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތެއް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިފަދަ ދަނޑިވަޅުތަކުގައި މާތްﷲ ގެ ރަހްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް މާތްﷲ އަށް ވަކީލު ކުރުމަށާއި، ގިނަ ގިނައިން ހެޔޮ ދުއާކޮށް އުޅުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި އެއިރަކަށް ބޭނުންވާ ދީނީ މައުލޫމާތު އިލްމުވެރިންގެ ލަފަޔާ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: