ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރޭގައި އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ނުގެންދާތީ، އާންމު މެމްބަރުންގެ ޝަކުވާތައް ގިނަ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އާންމު މެމްބަރުންގެ ޝަކުވާއަކީ، އަތޮޅުތެރޭގެ ގޮފިތަކާއި ހަރަކާތްތައް ހުއްޓިފައި އޮތުންކަމަށް ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދަޅުވެއްޖެ އެވެ.

މީކާއިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ކެމްޕޭނުގައި މިހާތަނަށް 50 އަށްވުރެ ގިނަ ރަށަށް ދަތުރުކޮށްފައިވާއިރު، ހުރިހާ ރަށަކުންވެސް އިވެނީ ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަޅުޖެހިފައިވާ ކަމުގެ ޝަކުވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޕާޓީގެ ރަށްރަށުގެ ގޮފިތަކާއި ޖަގަހަތައް އަލުން ދިރުވައި، އެ ތަންތަން ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާގެ މުހިންމު އަމާޒުކަމަށް މީކާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން، ރަށްރަށުގައި ތިއްބަވާ ޕާޓީގެ އިންތިޚާބީ މެންބަރުންނާއި ކައުންސިލަރުންގެ ބަސް ޕާޓީގެ އެންމެ މަތީ ފަންތީގައި އިއްވޭނެ އިންތިޒާމެއް ހަމަޖައްސާނެކަމަށް މީކާއިލް ވަނީ ވައުދުވެފަ އެވެ. މީކާއިލް ވިދާޅުވި ގޮތުގައި ޕާޓީ ވަރުގަދަ ކުރެވޭނީ އާންމު މެންބަރުންނާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތްތަކަށް ޕާޓީގެ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީގެންނެވެ. އަދި ޒުވާނުންނަށް ޕާޓީގެ އިސް ސަފުން ޖާގަ ހޯދައިދީ، ކޮންމެ އަތޮޅެއްގެ ބަސް ވެސް ގައުމީ މަޖިލީހުގައި ތަމްސީލުވާނެ ގޮތަށް ޕާޓީގެ އޮނިގަނޑު ބަދަލުކުރަން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީކާއީލް ވިދާޅުވީ އާންމު މެންބަރުން ބޭނުން ވަނީ ޕާޓީގެ ސިޔާސަތުތަކުގައި ސާބިތުވެ ހުންނާނެ އަދި އިތުބާރު ހުރި ލީޑަރެއް ކަމަށެވެ.

އާންމު މެމްބަރުންގެ ފަރާތުން މިއަދު ބޭނުން ވަނީ ޕާޓީގެ ތެރޭގައި ހަމަޖެހުން ގާއިމުވެފައި އޮތުންކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ. އަދި ޕާޓީގެ ފަރާތުން މިހާރަށް ވުރެ ހަރުދަނާ، އަދި ރަނގަޅު ގޮތެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރަށް ފާޑުކިއުން އަމާޒުކުރައްވައި މީކާއިލް ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ވަރުގަދަކުރަން ބޭނުންވަނީ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރާނެ ފަރާތެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: