ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާނީ ތަރައްގީގެ މަސައްކަތްތައް ގެންދަން ޖެހެނީ ކައުންސިލްތައް މެދުވެރިކޮށް، ހަރަދު ކުޑަވާނެ: ރައީސް ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ފުރިހަމަ ބާރުތައް ދީ، ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފިނަމަ މިހާރު ހިނގާ ހަރަދުތަކުގެ 30 އިންސައްތަ ސަލާމަތް ކުރެވޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ އދ. އަތޮޅުގަ އެވެ.

މި ދަތުރުފުޅިގެ ތެރެއިން ”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލްތަކަށް ފައިސާ ލިބިގެން އެމީހުންގެ އަމިއްލަ ރަށްރަށުގެ މަސައްކަތްތައް ހިންގުމުން މާ ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށެވެ. އަދި މިހާރު މަރުކަޒީކޮށް މަސައްކަތްތައް ހިންގުމުގައި ވަރަށް ބޮޑު އިސްރާފެއް ހިނގަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވި ވެ.

މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވި މާމިގިލިއާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ރަށުގައި ބައިނަލްއަޤުވާމީ އެއާޕޯޓަކާއި ބަނދަރެއް އޮތް އިރު ރައްޔިތުން އަމިއްލަ ވިޔަފާރީގެ ފުރުސަތުތައް ހޯދަމުން އަންނަ ކަމަށެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެ ރަށު ކައުންސިލަށް އެމްޑީޕީގެ މެމްބަރަކު އިންތިހާބުވެފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވެފައިވާ އެ އަތޮޅު ދިގުރަށަށާއި، މަސްވެރިކަމާއި ސިނާއީ މަސައްކަތްތައް މަހިބަދޫގައި ކުރިއަރަމުން އަންނަކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ކައުންސިލްތަކުން ވެސް އެމްޑީޕީގެ ސެކްރެޓޭރިއަޓާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ބޭނުންކުރުމާއި، އެ ބާރުތައް އިތުރުކުރުމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ އަޅުގަނޑުމެންގެ ބޮޑު އަމާޒެއް

ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކައުންސިލްތައް މެދުވެރިކޮށް އާއިލާތަކުގެ އާމްދަނީ އިތުރުކުރެވޭނެ މަގު އެމްޑީޕީން ހޯދައިދޭނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، ރައްޔިތުންނަށް ތަނަވަސް މުސްތަގުބަލެއް ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: