ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ދިވެހިރާއްޖެ ބަދަލުކޮށްލި ޕާޓީ: ރައީސް ނަޝީދު

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޕާޓީ އެމްޑީޕީއަކީ ދިވެހިރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމުގައި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ އެމަނިކުފާނު ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައް މަދު ޤައުމެއްކަމަށާއި ރާއްޖެ އުފެދިފައިވާ ގޮތުން އެއް ރަށް އަނެއް ރަށް އޮންނަނީ ދުރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މީގެ ކުރީގެ ވެރިން ރާއްޖެ ސިފަކޮށްފައިވަނީ އާބާދީގެ ގޮތުން އެރަށެއްގައި ދިރިއުޅޭ މީސްތަކުން މަދު ޤައުމެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގައިވާ އެންމެ ތަނަވަސް ރިސޯޓުތައްހުރީ އަރިއަތޮޅުގައިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް ކައިރީގައި ހުރި ރަށްރަށަށް ބަލާއިރު އެންމެ އަދައިގެ ޚިދުމަތްތައްވެސް ލިބެންނެތްކަމަށެވެ. މިގޮތުން ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމާއި ސިއްޙީ ޚިދުމަތާއި ، ކަރަންޓާއި، ތަޢުލީމުފަދަ އެންމެ އަސާސީ ޚިދުމަތްތައް ލިބެންނެތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 “ އަރިއަތޮޅު ކައިރި ރަށްރަށަށް ބަލާލީމަ ފެންނަނީ، ބޯފެނާއި، ރަނގަޅު ނަރުދަމާއާއި، ސިއްޙީ ޙިދުމަތާއި ، ކަރަންޓު ފޯރުކޮށްދެވޭނެ ގޮތެއް ނެތުމާއި ދަރިންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީފައެއްނެތްތަން “ ރައީސް ނަޝީދު

އެހެންނަމަވެސް ޤުދުރަތީ ގޮތުން ބަލާއިރު ފެންނަންއޮތް ޙަޤީގަތަކީ ޖެހިގެން އޮތް ރިސޯޓެކޭ ދިގުރަށެކޭ ތަފާތެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އެއްބާވަތެއްގެ ގޮނޑުދޮށްތަކާއި، މޫދާއި ފަރާއި ފަޅުތަކެއްގެ އިތުރުން ރުއްގަސް ހުރިނަމަވެސް ދިގުރަށް އޮންނަނީ ނިކަމެތިކޮށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށާއި ޖެހިގެން ބޮޑު ރިސޯޓެއް އޮތަސް ރަށަށް އޭގެ ފައިދާއެއް ނޫނީ މަންފާއެއް ނުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ އެމްޑީޕީގެ ފަލްސަފާއެއް މިފަދަ ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގާ ޙަޤީގީ ފައިދާ ރަށްރަށަށް ގެނައުން “ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ފަލްސަފާއަކީ މިފަދަ ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގާ ހަޤީގީ މަންފާއާއި ފައިދާ ރަށްރަށަށް ގެނައުންކަމުގައެވެ. މިގޮތުން އެމްޑީޕީގެ ސަރުކާރުގައި ގެސްޓް ހައުސްގެ ވިޔަފާރި ތަޢާރަފްކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއަކާއި ތަނަވަސްކަން އެވިޔަފާރީގެ ތެރެއިން ލިބުމުގެ ފުރުސަތުތައް ދެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިތަނަވަސްކަން ލިބުނީ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ޕާޓީ ނިޒާމު ދިވެހިރާއްޖެއަށް ތަޢާރަފު ކުރެވުމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރުގެ ޙާލަތައް ބަލާއިރު ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮންޖެހުންތަކާއި ކުރިމަތިވީ ދިވެހި ދައުލަތުގެ ބޮޑު ދަރަނީގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ ރަށަށްލިބޭ އާމްދަނީ ދަށްވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: