ވޯލްޑް ރެޑްކްރެސެންޓް ޖަމްޢިއްޔާގެ ރާއްޖޭގެ ގޮފިކަމަށްވާ، މޯލްޑިވިއަން ރެޑްކްރެސެންޓް ސޮސައިޓީ (އެމްއާރްސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ފާޠުމަތު ހިމްޔާ ހަމަޖައްސަވައިފިއެވެ.
މީގެކުރިން، އެމްއާރްސީގެ މެނޭޖަރެއްގެ މަޤާމުގައި ހުންނެވި، ހިމްޔާއަކީ މީގެކުރިން ވެސް، އެ ޖަމްޢިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ހިމްޔާއަކީ އެމްއާރުސީ ވުޖޫދުވި ހިސާބުންފެށިގެން، އެ ޖަމްޢިއްޔާގައި މަސައްކަތް ކުރައްވަފައިވާ އެންމެ ދުވަސްވީ މުވައްޒަފުންގެތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ރާއްޖެ އަށް ދިމާވާ ބޮޑެތި ހާދިސާތަކުގައި އެމްއާރްސީން އަންނަނީ ބޮޑެތި އެހީތަކެއްދެމުންނެވެ.

