ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޠަނީ ޚިދުމަތުގެ އިތުރު 2 ބެޗް މިއަހަރު ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ޚިދުމަތުގެ ރޫޙު އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަޠަނީ ޕްރޮގްރާމްގެ އިތުރު ދެ ބެޗެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 900 އާއި 1000 އާ ދެމެދުގެ ޢަދަދަކަށް ޒުވާނުން މި ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރުން ކަމަށެވެ.

ޤައުމެއްގެ ތަރައްޤީގައި އެންމެ މުހިއްމު ބަޔަކީ އިންސާނީ ވަޞީލަތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުސްތަޤުބަލުގައި ޤައުމުގެ ކަންކަމާ ހަވާލުވާން ތިބި ޒުވާނުންނަކީ ހަރުދަނާ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ، އަދި ޤައުމު ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ.

މިހާތަނަށް މި ޕްރޮގްރާމްގެ ތެރެއިން 600 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުވެފައިވާއިރު، ފުރަތަމަ ބެޗުގެ 300 ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ތިބީ ވަޒީފާގައެވެ. ޚާއްޞަކޮށް ޕްރައިވެޓް ސެކްޓަރއަށް ޝައުޤުވެރިވާ ކުދިން ފިޔަވައި، ގިނަ ޒުވާނުން ސިފައިންނާއި ފުލުހުންގެ ޚިދުމަތާ ގުޅެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ވަޠަނީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމަށް ދިފާޢީ ވުޒާރާއާ ގުޅިގެން މަސައްކަތްކުރައްވާ ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން މިޕްރޮގްރާމަށް ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ބެލެނިވެރިންނާ ޕްރޮގްރާމްގެ ބައިވެރިންނަށް އެމަނިކުފާނުވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ކިބައިގައި ދީނީ ކަންކަމަށް ފަރުވާތެރިވުމަށާއި، ސާފުތާހިރުކަމަށް އަދި އަމިއްލައަށް ކަންކަންކުރުމުގެ އާދަ އަށަގެންނެވުމާއި ހަރުދަނާ ޝަޚުސިއްޔަތެއް ބިނާކުރުމަށް ބޭނުންވާ މުހިއްމު ކަންކަން ދަސްކޮށްދެއެވެ. މިޕްރޮގްރާމްގެ ސަބަބުން ކުދިންނަށް މުހިއްމު އާދަތަކެއް ދަސްވެ ހެޔޮބަދަލެއް ކުދިންނަށް އަންނަކަން ބެލެނިވެރިން ފާހަގަކުރެއެވެ.

ފާހަގަކޮށްލެވޭގޮތުގައި 2025 ވަނަ އަހަރުގެ އޮކްޓޫބަރު 1 ގައި އިފްތިތާޙްކުރި މި ޕްރޮގްރާމްގެ ދެ ބެޗަކުން މިހާތަނަށް 680 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމެވެ. މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: