ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އުފެއްދުންތެރިކަން ހުރި މިންވަރަށްވުރެ ދަރަނި ބޮޑު، ދަރަނި އަދާކުރެވެން ނެތް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުފެއްދުންތެރިކަން ހުރި މިންވަރަށް ވުރެ ބޮޑަށް ދަރަނި ހުރި ކަމަށާއި، އެ ދަރަނިކުރިއަށް އޮތް ތަނުގައި ދައްކަން ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރައްވާ ކެމްޕެއިން ރައީސް ނަޝީދު ވިދާޅުވީ ދަތުރުގައި ވިދާޅުވީ ރާއްޖޭގައި މިހާރު ދަރަނި ވަރަށް ބޮޑުތަނުން އިތުރު ވެއްޖެ ކަމަށެވެ. އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި އެހެންނަމަވެސް މިހާރަށް ބަލާއިރު އެކަން އެހެން ވާން އޮތް މަންޒަރު ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރަށް ފ. ނިލަންދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި އެއާޕޯޓު އެޅުމަށްވުރެ ބޮޑަށް ރަށަށް އާމްދަނީއެއް ލިބޭނެ ގޮތަށް ކަންކަން ޕްލޭންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއާޕޯޓެއް އެޅުމަކީ ރަށުގެ ކުރިއެރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް އެއާޕޯޓެއް އަޅައިގެންވެސް ރަށަށް ލިބޭ ފައިދާއަކީ ކޮބާތޯ ބަލަންޖެހޭ ކަމަށާއި، ތަސައްވުރެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެއާޕޯޓެއް ނޭޅުމަށް ވިދާޅު ނުވާނެ ކަމަށާއި އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

”އަޅުގަނޑެއް ނުބުނާނަށް އެއާޕޯޓެއް މިތާ ނާޅާށެކޭ. އެއާޕޯޓު ހަދާ ނިންމަން ޖެހޭނެ. އެއީ ފެށިފައި އޮތް ކަމެއް“

ރަށުގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވާ ބައެއް ރައްޔިތުންގެ ހިޔާލުތައްވެސް ވަނީ ހުށައަޅާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ހިޔާލު ހުށައެޅުއްވީ އެއާޕޯޓާއިއެކު ރިސޯޓުތަކެއްވެސް ތަރައްގީކުރުމަށެވެ. އަދި ރައްޔިތުން ވަނީ އަސާސީ ހިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަމަށާއި ހާއްސަ ގޮތެއްގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އެންމެ އެކަށީގެންވާގޮތުގައި ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ލިބޭނެގޮތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި އެކު މަޝްވަރާކުރައްވާފައެވެ. އަދި އެކި ހިޔާލުތައްވެސް އެމަނިކުފާނު ވަނީ ހުށައަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ވިޔަފާރިވެރިންނާއި، ތައުލީމާއި އަދި ނިލަންދޫގެ ތަރައްގީ ގެނެވޭނެ އެކި ގޮތްތަކާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: