ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހުޒާނާއި ލީވާން ޖަލުގައި ތިބި ޖަލު ގޮޅިން ފޯނެއް ފެނުނު، މައްސަލަ ތަހުގީގު ކުރާނަން: އިހުސާން

ޝަހުޒާންއާއި ލީވާންއަށް އާއިލާއާއި، ރަހުމަތްތެރިން އަދި ނޫސްވެރިންގެ ފަރާތުން މަރުހަބާ ކިއުން/ ފޮޓޯ: މުހައްމަދު އަފްރާހު - އެކްސް ޕޯސްޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓު އަމުރާއި ހިލާފުވިކަމުގެ ކުށް ސާބިތުވެ، ޖަލުގައި ހުކުމެއް ތަންފީޒުކުރަމުންދިޔަ ”އަދަދު“ ނޫހުގެ މުޙައްމަދު ޝަހުޒާންއާއި ލީވާން ބަންދުކޮށްފައި ތިބި ޖަލު ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

15 ދުވަހުގެ ޖަލު ހުކުމުން އިއްޔެ މިނިވަންވުމަށް ފަހު، ޝަހުޒާން ބުނެފައި ވަނީ އޭނާއާއި ލީވާން އެންމެ ފުރަތަމަ ބަންދު ކުރީ އެއް ގޮޅިއެއްގައި ކަމަށެވެ. ނަމަވެސް ފަހުން ވަކި ގޮޅިއަކަށް ބަދަލު ކުރީ، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންކަމަށް ބުންޏެވެ.

ޝަހުޒާން ބުނެފައި ވަނީ އެއަށް ފަހު ކޮންމެ ރެއަކު ވެސް ރޭގަނޑުގެ ދަންވަރު ވަގުތު ދަނގަނޑު މުގުރިތަކާއި، މަރުތެޔޮ ބޭނުންކޮށްގެން ފާރާއި، އެނދުގައި ތަޅައި އަޑުގަދަ ކުރީ އޭނާގެ އަޑު ކަނޑުވާލައި ބިރު ދެއްކުމުގެ ގޮތުންކަމަށް ވަނީ ބުނެފަ އެވެ. އަދި އެގޮތަށް ކޮންމެ ރެއަކު އުނދަގޫކޮށް ޖެއްސުން ކުރީ ވެސް ރައީސް މުއިއްޒު އަންގައިގެންކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅޭގޮތުން ޝަހުޒާން ވާހަކަ ދެއްކި ވީޑިއޯ ރީޕޯސްޓު ކުރައްވައި ހީމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ އާންމު ފަރާތަކުން ލިބުނު މައުލޫމާތެއްގެ މައްޗަށް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 19:35 ހާއިރު ޝަހުޒާނާއި ލީވާންގެ ޖަލު ގޮޅި ބަލައި ފާސްކޮށްފައި ވާނެކަމަށެވެ.

ބަލާ ފާސްކުރުމުގައި، ގޮޅީގައި ހުރި އަންނައުނުތަކެއްގެ ތެރޭގައި ފޮރުވާފައި އޮތް މޯބައިލް ފޯނެއް ފެނިފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ދެ މީހުންގެ އަތުން ފެނުމުގެ ސަބަބުން، މައްސަލައިގައި އަމަލު ކުރީ އެހެން ކުށްވެރިން ނުވަތަ ގައިދީންނާއި މެދު އަމަލު ގޮތުގެ މަތީންކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ފަހުން ވެސް އެކި އިންޓަވަލްތަކުގައި ދެ މީހުން ބަންދުކޮށްގައި ތިބި ގޮޅި ބަލައި ފާސްކުރީ ޖަލުގެ ކަންކަމުގައި އަމަލުކުރާ އުސޫލުން ކަމަށެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ، ރާއްޖޭގެ 3 މީޑިއާއަކުން އޭނާއަށް ގޮޅައި މައްސަލައިގެ މައުލޫމާތު ސާފުކުރިކަމަށާއި، ކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދިން ނަމަވެސް އެ މީޑިއާތަކުން އެކަމުގެ މަޢުލޫމާތު ހާމަކޮށްފައިނުވާ ކަމަށެވެ. އަދި އެ ނޫސްތަކުން ޒިންމާދާރުކަމާއެކު މަޢުލޫމާތު ގެނެސްދިން ނަމަ، ޝަހުޒާން މިނިވަންވެ ދޮގު ހެދުމުގެ ފުރުސަތު ނޯންނާނެކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މިމައްސަލައިގައި ޝަހުޒާންއާއި ލީވާން ތިބި ގޮޅިން ފެނުނު، ފޯނުގެ މައްސަލަ ފުލުހުމް ތަޙުގީގުކުރަމުންދާކަމަށެވެ. އިހުސާން ވިދާޅުވި ގޮތުގައު މިހާރު ފުލުހުން ދަނީ މި ފޯނު ޖަލަށް ވެއްދި ގޮތާއި، އެކަމުގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ތަހުގީގު ކުރަމުންނެވެ.

ޝަހުޒާން ޖަލަށް ލާފައިވަނީ މާޗް 28 ވަނަ ދުވަހު ނެރުނު ޑޮކިއުމެންޓަރީއެއްގައި ރައީސް މުއިއްޒަށް ކުރި ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. އެ ޑޮކިއުމެންޓްރީގެ ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ގެގް އަމުރެއް ނެރެފައި ވަނިކޮށް ކުރި އެ ސުވާލަކީ ކޯޓުގެ އަމުރާ ޙިލާފުވެ، ހުރުމަތް ކެނޑުން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ޝަހުޒާން ހުކުމް ތަންފީޒުކޮށް ނިންމުމަށްފަހު މިނިވަންވީ އިއްޔެއެވެ. މައްސަލައިގައި ލީވާނަށް އިއްވާފައި ވަނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާއަށް ހުކުމެއް އައީ، މައްސަލައާއި ގުޅޭގޮތުން ލިޔުނު ހަބަރެއްގެ ސަބަބުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: