ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތާއި ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ރައިސް ޞާލިޙް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންވެލްތާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތު ދުވަހުގެ މުނާޞަބަތުގައި، އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓްގައިވަނީ، ކޮމަންވެލްތުގެ މެންބަރުންގެ ގޮތުގައި ހިމެނޭ 54 ޤައުމަށް ތަހުނިޔާ ކިޔުއްވައިފައެވެ. މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ، ޒަމާންތަކަކަށްފަހު، ރާއްޖެއިން ކޮމަންވެލްތާއި ގުޅުމުން އެކަމާއި، އުފާކުރައްވާކަމަށާއި، މުސްތަޤުބަލުގައި ކޮމަންވެލްތުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އެއްބާރުލުންދީ، އެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާނޭކަމަށެވެ.

 

https://twitter.com/ibusolih/status/1236854441132736513?s=20

2016 ވަނަ އަހަރު، ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައިި، ދިވެހިރާއްޖެ ކޮމަންވެލްތާއި ވަކިވުމަށްފަހު، ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައެޅީ ހުސްވި ފެބުރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. ކޮމަންވެލްތާއި އަލުން ގުޅުމަށްފަހު، ރައިސް ވިދާޅުވީ، ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލެރޭޝަނާ އެއްގޮތަށް، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ސިޔާސީ މިނިވަންކަމާއި، ޑިކޮމްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ދިވެހިރާއްޖެ އިން ގަދައަޅައި މަސައްކަތް ކުރާނެކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި، ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ، އޭރުގެ ސަރުކާރުން ބައެއްކަންކަމުގައި ޢަމަލުކުރަމުން އައިގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ދިވެހިރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެނަމަ، އެ ޖަމާއަތުން ދިވެހިރާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރުދީފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: