ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯ މަސް ބޭރުކުރުމުގެ ބަދަލުގައި ޕްރޮސެސް މަސް ރަށްރަށުން ބޭރުކުރުން މުހިންމު: ނަޝީދު

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ބައްދަލުވުމެއްގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތް ކުރަންވީ އެއް ސަރަހައްދަކަށް ވުރެ ބޮޑަށް އެކި ރަށްރަށުން ރޯ މަސް ބޭރު ކުރުމުގެ ބަދަލުގައި ޕްރޮސެސްކޮށްފައިވާ މަސް ބޭރުކުރުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ދަރަނބޫދޫއަށް ކުރެއްވި ޒިޔާރާތުގައި ރައީސް ނަޝީދު ވަނީ މަސްވެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ނަޝީދު ވިދާޅުވީ ރަށުން ހަމައެކަނި ރޯ މަސް ބޭރުކުރުމުގެ ބަދަލުގައި ޕްރޮސެސްކޮށްފައިވާ މަސް ބޭރުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަސް ރަށުން ބޭރު ކުރުމުގެ މަސައްކަތް ކުރުމަށް ބަލާއިރު، އެކަމުގައި ބޭނުންވާ ގިނަ ކަންކަން ހުރީ ރަށްރަށުގެ ގޭގޭގެ ބަދިތަކުގައި ގާއިމް ކުރެވިފައި ކަމަށެވެ.

ދެން އިތުރަށް ބޭނުންވަނީ ޕްރޮސެސް ކުރެވޭނެ ގޮތެއް ކަމަށާއި، ”ބޮޑު ބަދަލު“ ކިޔަނީ އެކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަސްވެރިކަން ރަށްރަށުގައި ބޮޑުކޮށް، ރަށުން މަސްބޭރު ކުރެވޭނެ ގޮތަކީ މުހިންމު ކަމެއް ކަމަށް ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ މިއަދު ބޭރުގައި މަސް ގަންނަ އަގު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ރޯ މަސް ބޭރުކުރުމަށް ވުރެ އެއަށް ”ވެލިއުއެއް އެޑް“ ކުރެވިއްޖެ ނަމަ ބޭނުންވާ ބަދަލު ފެންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: