ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިޙްވެސް އަޅުގަނޑުމެންނާއިއެކު މަސައްކަތް ކުރަން ބޭނުންވާނެ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެކުގައި މަސައްކަތްކުރަން ބޭނުންފުޅުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި ފ. ފީއަލީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ރައީސް ޞާލިޙް ތާއިދުނުކުރައްވާ ސަބަބު ހާމަކުރައްވާފައިވާ ކަމަށެވެ. އެއީ ޗެއާޕާސަން އިންތިހާބަށް ރައީސް ނަޝީދު ނުކުމެވަޑައިގަތީ ލަހުން ކަމަށްވާތީއާއި އޭރު މީކާއިލް ނަސީމަށް ރައީސް ޞާލިޙް ތާއިދު ކުރައްވާފައިވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއަދު އެކުގައި މަސައްކަތް ކުރައްވަން ރައީސް ޞާލިޙް ވެސް ބޭނުންފުޅުވާނެ ކަމަށެވެ. ރައިސް ނަޝީދު ވިދާޅުވީ ޗެއާޕާސަން އިންތިހާބުން ނުހޮވިއްޖެ ނަމަ ބޮޑެތި ކަންކަން ކުރާ މަންޒަރު ފަހަރުގައި ނުފެނިދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަން ކުރާއިރު، އެކަމެއްގައި އުޅުނު ބަޔަކު ކުރީގައި ހުންނަން ޖެހޭނެ ކަމަށެވެ. މިއަދު ޕާޓީއަށް ”ބޮޑު ބަދަލެއް“ ބޭނުން ވާ ކަމަށާއި، މިއަދު މަޝްވަރާކުރަންވެސް ބޭނުންވަނީ އެކަމަށް ކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ވެރިކަމުގެ ނިޒާމުގައާއި އަދި ޕާޓީ ހިންގުމުގެ ނިޒާމުގައިވެސް ބައިވަރު މައްސަލަތައް ހުރި ކަމަށާއި އެކަންކަން ބަދަލުކުރަން ޖެހޭނީ އެންމެން ގުޅިގެން ކުރާ މަޝްވަރާއަކުން ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: