ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ފެތުރުން ހުއްޓުވޭނެކަމުގެ އުއްމީދު އެބައޮތް: މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް ރާއްޖޭގައި ބާރަށް ފެތުރުން ހުއްޓުވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަހުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދެއްވުމުގެ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ، ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި ޑަބްލިއުއެޗްއޯގެ ލަފާ ވަރަށް ފުޅާދާއިރާއެއްގައި ސަރުކާރުން ހޯދި ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖެ އިން ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވަނީ ރާއްޖެ އަށް ބަލި އައުން ވީހާ ވެސް ލަސްކުރުމަށް ކަމަށެވެ.

ރާއްޖެ އިން ބަލި ފެނިއްޖެ ހާލަތެއްގައި މީހުން ކަރަންޓީނު ކުރުމަށް ކަނޑައަޅާފައިވާ ތަންތަނުގެ މައުލޫމާތާއި ބަލީގެ އަލާމާތްތައް ފެނުނު މީހުންނާ މެދު އަމަލުކުރި ގޮތުގެ ތަފްސީލު އަމީން ވަނީ މަޖްލީހުގެ މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ.

އަމީން ވިދާޅުވީ، ދުނިޔޭގައި ކޮރޯނާގެ ނުރައްކާ ފެތުރެން ފެށުމާއެކު އެކަމާ ގުޅިގެން އެންމެ ފުރަތަމަ މަސައްކަތްތައް ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށާއި މި ސަރަހައްދުގެ ގިނަ ގައުމުތަކުންވެސް ބަލި ފެނިފައިވާއިރު، ބަލި ރާއްޖެއިން ފެނުމުގައި ލަސްވެގެން ދިޔައީ ދުރާލާ ފެށި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ކޮވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރުން ހުއްޓުވޭނެ ކަމުގެ އުއްމީދު އަދިވެސް އޮތީ މިހާތަނަށް މަސައްކަތްތައް ކޮށްފައިވާ ގޮތުންނެވެ. އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވް ވި މީހުންނާ ގުޅުން ހުރި މީހުން ރަނގަޅަށް ދެނެގަނެ، އެ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް އަމީން  ވިދާޅުވި އެވެ.

”މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، މި ބަލި ކޮންޓެއިން ކުރުމަށް އޮތް އުއްމީދު އަދިވެސް އެބައޮތް،“ އަމީން ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި 10 މީހުން ކަރަންޓީން ކޮށްފައިވާއިރު، ހަތަރު މީހަކު ވަނީ ބަޔަށް ޕޮޒިވްވެފަ އެވެ. އަދި ޝައްކުރެވޭ އަލާމާތްތައް ފެންނަ މީހުން އެކަހެރި ކުރަން ސަރުކާރުން ފެސިލިޓީއެއް ފުރަތަމަ ގާއިމްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އޭގެ ފަހުން، ކ. ފުނަދު އާއި ކ. ފަރުކޮޅުފުށީގައި ކަރަންޓީނު ފެސިލިޓީއެއް ހެދި އެވެ. އެ އަށް ފަހު ކ. ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. އެ މަސައްކަތް ނިންމީ އެންމެ 10 ދުވަހުގެ ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: