ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި ގުޅުނީ ޕާޓީ ވަޅުޖެހެމުންދާތީ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނު ވަޑައިގެން އެމްޑީޕީއާއިއެކު މިހުންނެވީ ޕާޓީ ވަޅުޖެހެމުންދާތީ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕާޓީގެ އާއްމު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިގޮތުން ކުރިއަށްއޮތްތަނުގައި އެމްޑީޕީއަށް ވެރިކަން ލިބުނީމައިވެސް މަތީފަޑީގައި އިސްލީޑަރުންގެ ގޮތުގައި ތިއްބަވާނީ މިހާރުވެސް ޕާޓީގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުންކަމަށްވީ ހިނދު ޕާޓީގެ ލީޑަރޝިޕުން ދޭންޖެހޭ އެއްބާރުލުން ނުލިބޭކަމަށް ބުނެ އާއްމު މެމްބަރަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއަދާއި ހަމައަށްވެސް ޕާޓީގެ އިސްލީޑަރުންނަކީ ކޮބައިކަމެއް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކަށް އިނގިއެއް ނުލައްވާކަމަށް ބުނެ ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާއި ގުޅުވާ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތީ މިހުރިހާ ކަންބޮޑުވުންތަކާއިއެކު ޕާޓީގެ ކަންކަން އިސްލާހުކުރުމަށްކަމުގައެވެ.

މިގޮތުން ދާދިފަހުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ކުރި ބަހުސެއްގެ ތެރޭގައި، ކަންކަން ލިބެންޖެހޭނީ މަސައްކަތްކުރާ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ކަމަށް ވިދާޅުވުމުން އެމަނިކުފާނުގެ ވާދަވެރިންނަށް އެކަންވެސް ފެނުނީ ވަރަށް ގޯސްކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

“ ދާދިއިކަށް ދުވަހު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ކުރި ބަހުސެއްގެ ތެރޭގައި، ކަންކަން ލިބެންޖެހޭނީ މަސައްކަތްކުރާ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ކަމަށް ވިދާޅުވުމުން ވާދަވެރިންނަށް އެކަންވެސް ފެނުނީ ވަރަށް ގޯސްކަމެއްގެ ގޮތުގައި ، އެބަހުރި ސޯޝަލް މީޑިއާގައިވެސް އެކަމާއި ގުޅޭގޮތުން ވާހަކަވެސް ދައްކާފަ“ ރައީސް ނަޝީދު

ރައީސް ނަޝީދުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، ޕާޓީގެ ކުރީ ސަފުގައި ތިއްބެވުން މުހިންމީ މަސައްކަތް ކުރާ މީހުން ކަމަށެވެ. ކާމިޔާބު ލިބޭނީ ގަދައަޅާ މަސައްކަތް ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ޕާޓިއަށް ޗެއާޕާސަނެއްވެސް އިންތިޚާބުވަނީ އެންމެން ވޯޓު ދިނީމަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ ފީއަލީގެ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ އަމާޒަކީ ހުރިހާ އެންމެން ބައިވެރިކޮށްގެން މަސައްކަތް ކުރުމުގެ ޔަޤީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: