ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ދުވަސްތެރޭ ކުރެއްދޫއިން ކޮރޯނާއަށް ޕޮޒިޓިވްވީ އަދަދު ހަތަރަކަށް!

ދެ ދުވަސްތެރޭ ކުރެއްދޫއިން ކޮރޯނާއަށް ޕޮޒިޓިވްވީ އަދަދު ހަތަރަކަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުމިނެއްގައި ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ، އިތުރު ދެ ކޭސްއެއް ކުރެއްދޫ އއިލޭންޑް ރިސޯޓްއިން ފެނިއްޖެއެވެ.

މި ވައިރަސް ޖެހިފައިވާ ހަ މީހަކު ރާއްޖެ އިން މިހާތަަނަށް ފެނުނުއިރު، އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓުގެ މީހުންނެވެ. އަދި އަނެއް ދެ މީހުންނަކީ ބަތަލާ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިންނެވެ.

ކުރެއްދޫ އައިލޭންޑުގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި އިޓަލީއަށް ދިޔަ އެ ގައުމުގެ ފަތުރުވެރިއަކު ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. އަދި އޭނާއައީ ރާއްޖެއިންކަން އެނގުމާއި އެކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އޭނާ ޗުއްޓީ ހޭދަކުރި ރަށްކަމަށްވާ ކުރެއްދޫ އެކީ ލޮކްޑައުންކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކުރެއްދޫއަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ރަށެކެވެ. އެ ރިސޯޓު މިހާރު އޮތީ 1،300 އަށް ވުރެ ގިނަ މީހުންނާ އެކު ކަރަންޓީންކޮށްފަ އެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުން ހިމެނެ އެވެ. ދެން އުޅެނީ 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުންނެވެ.

ކުރެއްދޫއިން ވައިރަސް ފެނުމާއި ގުޅިގެން 90 މީހަކު ވަނީ އެކަހެރިކޮށްފައެެވެ. އޭގެ ތެރެއިން 69 މީހަކު އެކަހެރި ކޮށްފައި ވަނީ ރިސޯޓުގައެވެ.

ވައިރަސް ޖެހިފައިހުރި މީހާ ރާއްޖެ އެތެރެވީއިރު، ބަލީގެ އެއްވެސް އަލާމާތެއް ހުރިކަމަށް ފާހަގަވެފައިނުވާއިރު، އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔައިރުވެސް އޭނާ ފްލޭގް ކުރެވިފައެއް ނުވެއެވެ.

މިހާތަނަށް މި މައްސަލައިގައި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިޓަލީގެ އެ ފަތުރުވެރިއާއި ދިމާވި ބައެއް ކަންތަކަށްފަހު އޭނާ މާލެއައިސް ދ ދުވަސް ވަން ދެން ހުރީ އެއާޕޯޓު، ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީ ހުންނަ މާގިރީ ހޮޓެލްގައެވެ. އަދި އެނާ އެ ހޮޓެލްގައި އުޅެމުން ފުރާ ތާރީހަށް ބަދަލު ގެނައުމަށް ޔުނިވާސަލްއަށް ދިޔައެވެ. އެއީ މި މަހުގެ 1 އަދި 2 ވަނަ ދުވަހުއެވެ. މި ދެ ދުވަހުގެ ތެރޭގައި އެ މީހާއާ އެކި ގޮތްގޮތުން ކޮންޓެކްޓް ވި 16 މީހަކު މިހާރު ވަނީ އެކަހެރި ކޮށްފައެވެ. އެއީ އެ ޓޫރިސްޓު މީހާ އެ ދެ ދުވަހު ހުރި މާގިރީ ހޮޓަލުގެ 15 މުވައްޒަފަކާއި ޔުނިވާސަލް އެންޓަޕްރައިސަސްގެ މުވައްޒަފެކެވެ. އެތަނުން، ޔުނިވާސަލްގެ މުވައްޒަފު ވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ހުރުމުން އޭނާ ވަނީ ފަރުކޮޅު ފުށީގައި ކަރަންޓީންކޮށްފައެެވެ.

ކުރެއްދޫއިން ވައިރަސް ޖެހިހިފައިވާ މީހުންގެ އަދަދު 24 ގަޑިއިރުގެ ތެރޭގައި ހަތަރަކަށް އަރައިގެން ދިޔައިރު، މި މައްސަލަ ޖިނާއީ ތަހުގީގެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ފުލުހުންނަށް އަންގާފައެވެ. އެއީ އެ މީހާ ފުރުވާލުމުގައި އެއްވެސް ބައެއްގެ އިހުމާލެއް ވޭތޯ ބެލުމަށެވެ. ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ޅ. އިން ޕީޖީ އަށް އެ ބާރު ލިބިދެއެވެ.

ފަތުރުވެރިޔާ، ވައިރަސްއަށް ޕޮޒިޓިވް ވެދާނެކަން އެނގިހުރެ ރިސޯޓުން ގަސްތުގައި އޭނާ ފުރުވާލީތޯ ނުވަތަ ނޫންތޯ ވެސް ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެކަމާއި ގުޅިގެން ވައިރަސްގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ތަހުގީގު ދަނީ ކުރިޔަށް ކަމަށެވެ. އެހެން ކަމުން، އެކަމުގެ ހަގީގަތް ބެލުމަށްފަހު ވީހާވެސް އަވަހަށް މީޑިއާތަކާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި އެޗްޕީއޭއަށް ކުރެއްދޫގައި އޭނާ ހުރިކަން އެނގިފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: