ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖޫން 2026 ވާ ހުކުރު ދުވަހުއެވެ.

އެމްޑީޕީން ބުނި ގޮތުގައި، މިއަދު އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެންބަރުންގެ ތެރެއިން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެއެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީގެ އިއުލާނުގައި ބުނެފައިވެއެވެ.

މިފަހަރުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގައެވެ. މިއީ އިންތިޚާބުގެ ކަންކަން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.

އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން، މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށްވެސް އެ ޕާޓީން ވަނީ އިއުލާން ކޮށްފައެވެ. މިކަމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުން 30 މެއި 2026 ގެ 14:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މެންބަރުންނަކީ ކެންޕޭން ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާ މެންބަރުންނަށް ވެގެން ނުވާނެއެވެ. އަދި އޮފިޝަލުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީންނެވެ.

އިންތިޚާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ”ކޮމްޕްލަޔަންސް ކޮމިޓީ“ އެކުލަވާލައި އެކަންވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ. މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައި ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން ކަށަވަރު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: