ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާ މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ވަކިކުރުމުގެ ވޯޓު ނެގުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު 09:00 ގައި ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

މި ޖަލްސާގައި ކުރިއަށްދާނީ ނާޒިމް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތް މަޖިލީހުގެ އާއްމު ކޮމިޓީން ފާއިތުވި ހަފުތާގައި ވަނީ ކަނޑައަޅާފައެވެ. މި މައްސަލައިގައި ބަހުސް ކުރުމަށް މެންބަރުންނަށް 50 މިނެޓުގެ ވަގުތެއް ދިނުމަށް ނިންމާފައިވާއިރު، އަމިއްލަ ދިފާއުގައި ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ނާޒިމް ވަކިކުރުމަށް ފާސްކުރީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 72 މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ނައިބު ރައީސް މަޤާމުން ވަކިކުރެވޭނީ އެ ޖަލްސާއެއްގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.

ނާޒިމާ ދެކޮޅަށް ހުށަހެޅި ޤަރާރުގައި އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރުން ހިމެނެއެވެ. ނަމަވެސް މި ތުހުމަތުތަކުގެ އިތުރު ތަފްސީލެއް ޤަރާރުގައި ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި ނާޒިމް ވަކިކުރަން އުޅެނީ އޭނާ އިސްވެ ހުރެ ޕީއެންސީގެ 23 މެންބަރަކާއެކު ފްލޯ ކްރޮސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް މަސައްކަތް ކުރެއްވުމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ މިފަދަ ވާހަކަތައް ދޮގުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ނާޒިމް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. މާދަމާގެ ޖަލްސާގައި މި މައްސަލައިގެ ތަފްސީލުތަކާއި، ޕީއެންސީގެ މެންބަރުންގެ މެދުގައި މައްސަލަ ޖެހުނު އަސްލު ސަބަބު ސާފުވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: