ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރައިފޭބުން މަނާކޮށްފައިވާ ތިން ރިސޯޓަށް އަރައިފޭބޭ ގޮތަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ޕެންޑަމިކް“ އެއްގެގޮތުގައި ނުވަތަ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއްގެގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއިގުޅިގެން އަރައިފޭބުން މަނާކޮށްފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީސް ބަޠަލާ ރިސޯޓާއި، ކުރަމަތި މޯލްޑިވްސްއަށް އަރައިފޭބޭގޮތަށް ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްްޝަން އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބަލި ފެނުމުގެ ފުރުޞަތު ބޮޑަށް އޮތް ފަރާތްތަކަށް ބޭރަށް ނުނިކުމެވޭގޮތަށް، ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި، އެ މީހުން އެކަހެރިކޮށް ބެލެހެއްޓުމުގެ އިންތިޒާމު އެ ރިސޯޓުތަކުގައި ހަމަޖެހިފައިވާނެކަމަށެވެ.

މީގެ އިތުރުން، އެކަހެރިކޮށްފައިވާ ފަރާތްތަށް، ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން، ކަނޑައަޅައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާއި އެއްގޮތަށް، އެ މީހުން ޢަމަލުކުރަމުން ގެންދޭތޯ ރިސޯޓުތަކުގެ މެނޭޖްމަންޓްތަކުން ބަލައި ކަށަވަރުކުރާނެކަމަށާއި، ރިސޯޓުތަކުން މީހުން ފޭބުމުގެކުރިން ”އެގްޒިޓް ސްކްރީން“ ކުރާނޭކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

https://twitter.com/HPA_MV/status/1237853895507902467?s=20

ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހުން މިހާތަނަށް ފެނިފައިވައެވެ. މީގެ އިތުރުން، މި ބައްޔަށް ޝައްކުކުރެވޭ ފަރާތްތައް ޓެސްޓުކުރެވެމުން އެބަދެއެވެ. މި ގޮތުން، ދ. އަތޮޅުގައި އޮންނަ ސަން އެކުއާ އިރުވެލި މޯލްޑިވްސް ރިސޯޓުން، ބިދޭސީއެއްގެ ސާމްޕަލްނަގާ ޓެސްޓުކުރަމުން އަންނަކަމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގއަށް ލާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: