ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އެލަވަންސް ބޮޑުކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރީލްމަހުގައި ބޭއްވުމަށް ކަނޑައަޅާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އެލަވަންސް ބޮޑުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދުވަނީ، ކައުންސިލްތަކުގެ އިންތިޚާބަށް، އެ ކޮމިޝަނުން ކަނޑައަޅާ މޮނިޓަރުންނަށްދޭން ނިންމާފައިވާ އެލަވަންސްގެ ޢަދަދު އިތުރުކޮށްފައެވެ. އީސީން ހާމަކުރިގޮތުގައި، އިންތިޚާބަށް ކަނޑައަޅާ މޮނިޓަރުންނަށްދޭން ނިންމާފައިވަނީ 800 ރުފިޔާއާއި، 2100 ރުފިޔާގެ ޢަދަދެކެވެ. ވޭތުވެދިޔަތަނުގައި ބޭއްވުނު އިންތިޚާބުތަކުގައި އޮފިޝަލުންނަށް، އީސީން ދީފައިވަނީ 500 ރުފިޔާއާއި، 1800 ރުފިޔާއާއި ދެމެދުގެ ޢަދަދެކެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް އިންތިހާބަށް އެ ކޮމިޝަނުން ނަގާ މޮނިޓަރުންނަށް ދޭން ނިންމާފައިވާ އެލަވަންސްގެ އަދަދު ހާމަކޮށްފަ އެވެ.

ކުރިއަށް އޮތް އިންތިޚާބަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ފަށާފައިވާއިރު، މިއަދު ހެނދުނު 10.00 އިން ހަވީރު 3.00 އަށް ވެލާނާގޭގެ ގްރައުންޑް ފްލޯގައި އޮފިޝަލަކަށް ވުމަށް އެދޭ ފޯމު ފުރުން ކުރިއަށް އެބަދެއެވެ. މީގެ އިތުރުން، މާދަމާ ހަވީރު 4.00 އިން ރޭގަނޑު 10.00 އަށް، އާޓިފިޝަލް ބީޗުގައާއި، ސޯޝަލް ސެންޓަރުގައި ފޯމު ފުރުން ކުރިއަށްގެންދާނެކަމަށް އީސީއިންވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: